އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، އައްޑޫ ހުޅުދޫ ކައުންސިލާއި ބައްދަލުކުރައްވައިފި
އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، އައްޑޫ ހުޅުދޫ ކައުންސިލާއި ބައްދަލުކުރައްވައިފިއެވެ.
އައްޑޫ ހުޅުދޫގައި އޮނަރަބަލް މުޙައްމަދު ޞާލިޙުގެ ދީލަތި އެހީގައި ބިނާ ކުރެއްވި މިސްކިތް ހުޅުވައިދެއްވުމަށްޓަކައި ވަޒީރު ޑރ. ޝަހީމް ވަނީ އަންގާރަ ދުވަހު އައްޑޫ ސިޓީއަށް ޒިޔާރަތް ކުރައްވާފައެވެ.
އައްޑޫ ހުޅުދޫ ކައުންސިލާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ކައުންސިލަށް އިސްލާމީ ދާއިރާއިން ދިމާވާ ދަތިތަކުގެ މަޢުލޫމަތު ވަޒީރު ވަނީ ސާފު ކުރައްވާފައެވެ. އަދި ކައުންސިލާއި ވުޒާރާއާއި ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ.
މި ބައްދަލުކުރެއްވުމުގައި ވުޒާރާގެ ބައެއް އިސްވެރިންނާއި، ހުޅުދޫ ކައުންސިލްގެ އިސްވެރިން ބައިވެރިވެލައްވާފައިވެއެވެ.
