logo
banner image

އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، އައްޑޫ މީދޫ ކައުންސިލާއި ބައްދަލުކުރައްވައިފި

އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، އައްޑޫ މީދޫ ކައުންސިލާއި ބައްދަލުކުރައްވައިފިއެވެ.

ވަޒީރު ޑރ. ޝަހީމް، އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ އައްޑޫ ހުޅުދޫގައި ނިޝާން މުލީގޭ ޝަރަފްގެ ޢިއްޒަތުގެ ވެރިޔާ އޮނަރަބަލް މުޙައްމަދު ޞާލިޙުގެ ދީލަތި އެހީގައި ބިނާކުރެއްވި މިސްކިތް ހުޅުވައިދެއްވުމަށްޓަކައި ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގެ ތެރެއިން އަންގާރަ ދުވަހުގެ ހަވީރު އައްޑޫ މީދޫ ކައުންސިލާއި ބައްދަލުކުރައްވާ އިސްލާމީ ދާއިރާއިން ކައުންސިލަށް ދިމާވާ ދަތިތަކާއި ކަންބޮޑުވުންތައް ވަޒީރު ވަނީ ސާފުކުރައްވާފައެވެ. އަދި ވުޒާރާއާއި އައްޑޫ މީދޫ ކައުންސިލާއި ގުޅިގެން ކުރެވިދާނެ މަސަައްކަތްތަކާއި ގުޅޭ ގޮތުން މި ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރައްވާފައިވެއެވެ.