logo
banner image

އެމް.އެން.ޑީ.އެފް ގެ ސަރަޙައްދީ ކޮމާންޑްތަކަށް ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޒިޔާރަތްކުރައްވައިފި

އެމް.އެން.ޑީ.އެފް ގެ ސަރަޙައްދީ ބައެއް ކޮމާންޑްތަކަށް ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު، އޮނަރަބަލް ޙަސަން ރަޝީދު ޒިޔާރަތްކުރައްވައިފިއެވެ.

މިގޮތުން ވަޒީރު ޒިޔާރަތްކުރައްވާފައިވަނީ، އެމް.އެން.ޑީ.އެފް ސަދަން އޭރިއާ ކޮމާންޑަށާއި، އެ ކޮމާންޑްގައި ހިންގާ އެއަރ ސްޓޭޝަން އަދި އެމް.އެން.ޑީ.އެފް ފުވައްމުލައް ޕޯސްޓަށެވެ.

މި ޒިޔާރަތުގައި، އެމް.އެން.ޑީ.އެފް. ގެ މި މަރުކަޒުތަކުގައި މަސައްކަތްކުރައްވާ ސިފައިންނާ ވަޒީރު ބައްދަލުކުރައްވައި، އެ މަރުކަޒުތަކުގައި މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލެއްވިއެވެ.

އަދި މި މަރުކަޒުތަކުގައި މަސައްކަތްކުރައްވާ ސިފައިންނަށް ދަތިވާ ކަންކަން ވަޒީރު އޮޅުންފިލުއްވަވައި، މިކަންކަން ޙައްލުކުރެއްވުމަށް ކުރައްވާ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ.