އިނގިރޭސިވިލާތުގެ ޚާރިޖީ ވަޒީރަށް އެ ޤައުމުގެ ޤައުމީ ދުވަހުގެ ގޮތުގައި ފާހަގަކުރާ ރަސްގެފާނު، ހިޒް މެޖެސްޓީ ކިންގް ޗާރލަސް III ގެ ރަަސްމީ އުފަން ދުވަހުގެ ތަހުުނިޔާ ދިވެހިރާއްޖޭ ގެ ޚާރިޖީ ވަޒީރު ފޮނުއްވައިފި
އިނގިރޭސިވިލާތު ގެ ޤައުމީ ދުވަހުގެ ގޮތުގައި ފާހަގަކުރާ ރަސްގެފާނު، ހިޒް މެޖެސްޓީ ކިންގް ޗާރލްސް III ގެ ރަސްމީ އުފަން ދުވަހުގެ މުނާސަބަތުގައި އިނގިރޭސިވިލާތު ގެ ސެކްރެޓަރީ އޮފް ސްޓޭޓް ފޮރ ފޮރިން، ކޮމަންވެލްތު އެންޑް ޑިވެލޮޕްމަންޓް އެފެއާޒް، ދަ ރައިޓް އޮނަރަބަލް އިވެޓް ކޫޕަރ އަށް ދިވެހިރާއްޖޭ ގެ ޚާރިޖީ ވަޒީރު، އަލްފާޟިލާ އިރުތިޝާމް އާދަމް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ވަޒީރުގެ މެސެޖު ތިރީގައި މިވަނީއެވެ.
"ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި، އިނގިރޭސިވިލާތު ގެ ސަރުކާރަށާއި ރައްޔިތުންނަށް އިނގިރޭސިިވިލާތު ގެ ޤައުމީ ދުވަހުގެ ގޮތުގައި ފާހަގަކުރާ ރަސްގެފާނު، ހިޒް މެޖެސްޓީ ކިންގް ޗާރލްްސް III ގެ ރަސްމީ އުފަން ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ އާއި އިޚްލާޞްތެރި ހެޔޮއެދުންތައް އަރިސްކުރަމެވެ.
އަދި ކުރިއަށް އޮތް އަހަރުތަކުގައި ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތާއި ދެމެދުގައި އޮންނަ ތާރީޚީ އަދި ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތް ކަމަނާއާއި ގުޅިގެން ކުރިއަށް ގެންދިޔުމަށް އަޅުގަނޑު ތައްޔާރަށް ހުރިކަމުގެ ފުރިހަމަ ޔަޤީންކަން އަރުވަމެވެ.
އަޅުގަނޑު ކަމަނާ އަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުޞަތުގެ ބޭނުންކުރީމެވެ."
