އޯޝަން ފެސްޓިވަލްގައި މޭޒު ބަހައްޓައިގެން ކާބޯތަކެތި ވިއްކުމުގެ ފުރުޞަތު ހުޅުވާލުން
މިއަހަރުގެ ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހުޅުމާލޭ ދިރާގު ބީޗުގައި ކުރިއަށް ގެންދާ "އޯޝަން ފެސްޓިވަލް" ގައި ލުއި ކާނާއާއި ފިނި ބުއިން ލިބޭނެ ގޮތަށް މޭޒު ބަހައްޓައިގެން ކާބޯތަކެތި ވިއްކުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މިއަހަރުގެ ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ހަރަކާތްތައް އޮންނާނީ ޖޫން 20 ވަނަ ދުވަހުގެ ހެނދުނު 09:00 އިން ހަވީރު 17:30 އަށް ހުޅުމާލޭ ދިރާގު ބީޗުގައެވެ.
ވޭތުވެދިޔަ ދެ އަހަރެކޭ އެއް ފަދައިން މިއަހަރުގެ ފެސްޓިވަލްވެސް ކުރިއަށްދާނީ ކުޑަ ކުދިންނަށް ތަފާތު މޫދު ކުޅިވަރުތަކާއެކު އެކިއެކި އޮފީސް/ ކުންފުނިތަކުގެ މަސައްކަތްތައް ކުޑަކުދިންނާ ގުޅޭގޮތަށް ދައްކުވައިދޭ ސްޓޯލް ތަކާއެކުގައެވެ. އެހެންކަމުން މިއަހަރުގެ ފެސްޓިވަލް ކުރިއަށްދާ ވަގުތު އެސަރަޙައްދުން އުފެއްދުންތެރި ލުއި ކާނާއާއި ފިނި ބުއިން ލިބޭނެ ގޮތަށް މޭޒު ބަހައްޓައިގެން ކާބޯތަކެތި ވިއްކުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. އަދި މި ފެސްޓިވަލްގައި ޖުމްލަ ބައިވެރި ކުރުމަށް ހަމަޖެހިފައިވަނީ ފަސް ފަރާތް ކަމަށްވާތީ ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އިސްކަންދެވޭނީ ފުރަތަމަ ފޯމް ހުށަހަޅުއްވާ ފަސް ފަރާތަކަށެެ.
މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން https://forms.gle/KQDAr3nQJhZxFK6i8 ގޫގުލް ލިންކް މެދުވެރިކޮށް 14 ޖޫން 2026 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ފޯމް ހުށަހެޅުއްވުމަށް ދަންނަވަމެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ 3339251 / 3339216 އަށް ގުޅުއްވުން އެދެމެވެ.
