logo
banner image

ޑިސްކަވަރީ ބަބުލް ފީނުމުގެ ހަރަކާތުގައި ބައިވެރިވުމަށް ހުުވާލައިފި

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަ ކުރުމަށް ކުޑަކުދިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ "ޑިސްކަވަރީ ބަބުލް" ފީނުމުގެ ހަރަކާތުގައި ބައިވެރިވުމަށް ހުުވާލައިފިއެވެ.

މި އަހަރުގެ ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށްޓަކައި، ހުޅުމާލޭ ދިރާގު ބީޗު ސަރަޙައްދުގައި 'އޯޝަން ފެސްޓިވަލް' ގެ ނަމުގައި ޚާއްޞަ ހަރަކާތްތަކެއް ބޭއްވުމަށް ވަނީ ރޭވިފައެވެ. މި ފެސްޓިވަލް ކުރިއަށްދާނީ 20 ޖޫން 2026 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 އިން ފެށިގެން ހަވީރު 17:30 އާ ހަމައަށެވެ.

މިއަހަރުގެ ޝިޢާރަކީ 'Reimagine: Beyond The World We Know, A New Relationship With Our Ocean' މިއެވެ.

ކުޑަކުދިންނަށް އަމާޒުކޮށްގެން "ޑިސްކަވަރީ ބަބުލް" ގެ ނަމުގައި ފީނުމުގެ ޚާއްޞަ ހަރަކާތެއް ކުރިއަށް ގެންދާނެއެވެ. މިއީ ޑައިވް ކިޓް ބޭނުންކޮށްގެން ފަރުގެ ގުދުރަތީ ރީތިކަން ކައިރިން ބަލާލުމަށް ކުޑަކުދިންނަށް ލިބިގެންދާނެ ވަރަށް ފަހި ފުރުސަތެކެވެ. މި ހަރަކާތުގައި ބައިވެރިވުމަށް މިހާރު ވަނީ ހުޅުވާލާފައެވެ.

މި ހަރަކާތުގައި ބައިވެރިވެވޭނީ 10 އަހަރާއި 16 އަހަރާ ދެމެދުގެ ކުދިންނަށެވެ. ފުރުސަތު ދެވޭނީ އެންމެ ފުރަތަމަ ރަޖިސްޓްރީވާ 50 ކުދިންނަށެވެ.

މި ހަރަކާތުގައި ބައިވެރިވާން ޝައުޤުވެރިވާ ފަރާތްތަކުން 14 ޖޫން 2026 ވާ އާދީއްތަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ތިރީގައިވާ ގޫގުލް ފޯމް ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.

ބެލެނިވެރިންގެ ދައުރު: ހަރަކާތް ކުރިއަށްދާއިރު ކޮންމެ ކުއްޖަކާއެކު އެއް ބެލެނިވެރިއަކު ހުންނަންވާނެއެވެ. އަދި ބައިވެރިވުމުގެ އިޤުރާރު ގައި ބެލެނިވެރިޔާ ސޮއިކުރަންވާނެއެވެ.

https://gazette.gov.mv/iulaan/395823