logo
banner image
ޚާރިޖީ ވުޒާރާ

ފިލިޕީންސްގެ މިނިވަންދުވަހުގެ ތަހުނިޔާ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ފޮނުއްވައިފި

ފިލިޕީންސްގެ މިނިވަންދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު، ހަރ އެކްސަލަންސީ މަރިއާ ތެރީސާ ޕީ. ލަޒާރޯ އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، އަލްފާޟިލާ އިރުތިޝާމް އާދަމް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ވަޒީރުގެ މެސެޖު ތިރީގައި އެވަނީއެވެ.

"ފިލިޕީންސްގެ މިނިވަންދުވަހުގެެ އުފާވެރި މުނާސަބާގައި، ސަރުކާރާއި، ދިވެހިރައްޔިތުންގެ ނަމުގައި، އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި ކަމަނާއަށާއި ފިލިޕީންސްގެ ސަރުކާރަށާއި ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރަމެވެ.

މިފުރުޞަތުގައި، ދިވެހިރާއްޖެއާއި ފިލިޕީންސްއާ ދެމެދު އޮތް ގާތް އެކުވެރިކަމާއި ގުޅުން ކުރިއަށް އޮތް އަހަރުތަކުގައި ދެޤައުމުގެ ރައްޔިތުންނަށް މަންފާވާނޭހެން އިތުރަށް ބަދަހިވެގެންދާނެކަމަށް އަޅުގަނޑު ޔަޤީންކުރަމެވެ.

އަޅުގަނޑު ކަމަނާއަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މިފުރުޞަތުގެ ބޭނުންކުރީމެވެ.