logo
banner image

ކެޓެނޭޓް (CATENATE) މަޝްރޫޢުގެ ސްޓިއަރިންގ ކޮމިޓީގެ ތިންވަނަ ބައްދަލުވުން މިއަދު ބާއްވައިފި

ކެޓެނޭޓް (CATENATE) މަޝްރޫޢުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ބާއްވާ އެ މަޝްރޫޢުގެ ސްޓިއަރިންގ ކޮމިޓީގެ ތިންވަނަ ބައްދަލުވުން މިއަދު މީރުމާގައި ބާއްވައިފިއެވެ.

މި ބައްދަލުވުމަކީ މިހާރު ކުރިއަށްދާ މަޝްރޫޢުގެ އެންމެފަހުގެ މަޢުލޫމާތުތައް ހިއްސާކުރުމަށާއި، ކުރިއަށް ހުރި މަސައްކަތްތައް ރޭވުމަށް ބޭއްވުނު މުހިންމު ބައްދަލުވުމެކެވެ. ބައްދަލުވުމުގެ ތެރޭގައި، މަޝްރޫޢުގެ މަސައްކަތްތައް މިހާރު ގޮސްފައިވާ ހިސާބުގެ ތަފްސީލީ އަޕްޑޭޓްތައް ކޮމިޓީގެ މެންބަރުންނާ ވަނީ ހިއްސާކޮށްފައެވެ.

މީގެ އިތުރުން، ކުރިއަށް އޮތް ދުވަސްތަކުގައި ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކަށް ގެނައުމަށް ނިންމާފައިވާ މުހިންމު ބަދަލުތަކާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި ފުޅާދާއިރާއެއްގައި މަޝްވަރާކުރެވުނެވެ. މި ބަދަލުތަކަކީ މަޝްރޫޢުގެ މަޤްޞަދުތައް އެންމެ ފުރިހަމަ ގޮތުގައި ހާސިލުކުރުމަށާއި، މަސައްކަތުގެ ދުވެލި ހަލުވިކުރުމަށްޓަކައި ގެނައުމަށް ނިންމާފައިވާ ބަދަލުތަކެއް ކަމަށް އެ ޓީމުން މަޢުލޫމާތުދެއެވެ.

މިއަދުގެ ބައްދަލުވުމުގައި މަޝްރޫޢުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންފައިވާއިރު، މި މަޝްރޫޢަކީ ކަނޑައެޅިފައިވާ ލަނޑުދަނޑިތަކަށް ވާސިލުވުމަށްޓަކައި ވަރަށް އުންމީދީ މަސައްކަތްތަކެއް ކުރަމުންދާ މަޝްރޫޢެއްކަން ފާހަގަކުރެވެއެވެ.