logo
banner image

އޮސްޓްރޭލިޔާގެ ސަފީރު، ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި.

އޮސްޓްރޭލިޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސަލަންސީ ޑޭވިޑް ޖެސެޕް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާވަލީދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި އެވެ.

މި ޒިޔާރަތުގައި ވަޒީރާއި ބައްދަލުކުރައްވައި ފަންނާއި ސަގާފަތާއި ތަރިކައިގެ ދާއިރާއިން ދެ ޤައުމުގެ މެދުގައި އިތުރަށް ގުޅުން ބަދަހި ކުރުމަށް މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން ސަގާފަތާއި ތަރިކައިގެ ދާއިރާއިން ދެ ޤައުމަށް ލިބިފައި މުއްސަނދިކަން އިތުރަށް ކުރިއެރުވުމަށް އެކުގައި މަސައްކަތް ކުރައްވާނެ ކަމުގައި ސަފީރު ވިދާޅުވިއެވެ. އަދި އޮސްޓްރޭލިޔާގެ ސަގާފަތާއި ތަރިކަ ދައްކުވައިދޭ މައުރަޒެއް މިދިޔަ ޖަނަވަރީ މަހު ނެޝަނަލް އާރޓް ގެލެރީގައި ފުރަތަމަ ފަހަރަށް ބޭއްވިފައިވާކަމަށް ސަފީރު މި ބައްދަލުކުރެއްވުމުގައި ވަނީ ފާހަގަ ކުރައްވާފައެވެ.

ދިވެހިރާއްޖޭގެ ސަގާފީ ފަތުރުވެރިކަން އިޝްތިހާރުކުރުމުގައި އޮސްޓްރޭލިއާއިން އެހީތެރިވެދެއްވާނެ ކަމަށާއި މިކަމުގައި އެއަރލައިން އާއި މަޝްވަރާކުރައްވާނެކަމަށް ވެސް މިބައްދަލުކުރެއްވުމުގައި ސަފީރު ފާހަގަކުރެއްވިއެވެ.