"ކައުންސިލް ތަކަށް ދޭ ހިލޭ އެހީ ކަނޑައެޅުމާއި، ކައުންސިލްތަކުގެ ބަޖެޓު ތައްޔާރުކުރުމާއި، ބަޖެޓު ތަންފީޒުކުރުމުގައި އަމަކުރާނެ ގޮތުގެ ގަވައިދު" 26 ވަނަ ބައި
މި ލިއުމުގެ މި ގެނެސްދެނީ، "ކައުންސިލް ތަކަށް ދޭ ހިލޭ އެހީ ކަނޑައެޅުމާއި، ކައުންސިލްތަކުގެ ބަޖެޓު ތައްޔާރުކުރުމާއި، ބަޖެޓު ތަންފީޒުކުރުމުގައި އަމަކުރާނެ ގޮތުގެ ގަވައިދު" އެވެ.
މި ލިއުމުގައި ގެނެސްދޭނީ މި ގަވައިދުގެ މާއްދާތައް ވަކިވަކިންނެވެ.
މާނަކުރުން 26.
މި ޤަވާއިދުގައި އެ ޢިބާރާތެއް ބޭނުންކޮށްފައިވާގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، މި ގަވާއިދުގައި ބޭނުންކޮށްފައިވާ ލަފުޒުތަކާއި އިބާރާތްތައް ބޭނުންކުރާނީ، ޤާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) އާއި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ މާނަކުރުމާ އެއްގޮތްވާ ގޮތުގެ މަތީން ނުވަތަ ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.
(ހ) "ރަށުގެ އާބާދީ" ނުވަވަތަ "އަތޮޅުގެ އާބާދީ" ކަމަށް ބުނެފައި އެވަނީ އެ ރަށެއްގައި ނުވަތަ އެ އަތޮޅެއްގައި ދިރިއުޅޭ އާބާދީއަށެވެ.
(ށ) "ކޮންޑިޝަނަލް ގްރާންޓް" ކަމަށް ބުނެފައި އެ ވަނީ ވަކި ޚާއްސަ ހާލަތްތަކެއްގައި ޝަރުޠުތަކަކާއެކު ދައުލަތުން ކައުންސިލްތަކަށް ދޭ ހިލޭ އެހީއަށެވެ.
(ނ) "މެދުރާސްތާ" ކަމަށް ބުނެފައި އެ ވަނީ، ވިދިވިދިގެން 3 (ތިނެއް) އަހަރުދުވަހުގެ މުއްދަތަށެވެ.
(ރ) "ދައުލަތުގެ މުވައްޒަފުން" ކަމަށް ބުނެފައި އެވަނީ ޤާނޫނު ނަންބަރ 11/2026 (ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ޤާނޫނު)
25 ވަނަ މާއްދާގެ (އ) ގައި "ދައުލަތުގެ މުވައްޒަފުން" ދައުލަތުގެ މުވައްޒަފުން މާނަކޮށްފައިވާ ގޮތާ އެއްގޮތަށެވެ.
(ބ) "ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު" ކަމަށް ބުނެފައި އެ ވަނީ، ގަވާއިދު ނަންބަރު R-2017/20 ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު އަށެވެ.
(ޅ) "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު" ކަމަށް ބުނެފައި އެވަނީ ޤާނޫނު ނަންބަރ 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) އާއި އެ ޤާނޫނަށް ގެންނަ އިޞްލާޙުތައް ހިމެނޭގޮތުންނެވެ.
(ކ) މިނިސްޓްރީ ކަމަށް ބުނެފައި އެ ވަނީ "މިނިސްޓްރީ އޮފް ފިނޭންސް" އަށެވެ.
(އ) "ޕީ.އެސް.އައި.ޕީ" ކަމަށް ބުނެފައި އެ ވަނީ ޕަބްލިކް ސެކްޓަރ އިންވެސްޓްމެންޓް ޕްރޮގްރާމަސެވެ.
(ވ) ޖެނެރަލް ލެޖަރ ކްްލެސިފިކޭޝަން" ކަމަށް ބުނެފައި އެވަނީ ދަޢުލަތުން ހިންގާ މުއާމަލާތުތައް ޕަބްލިކް އެކައުންޓިން ސިސްޓަމުގައި ރިކޯޑުކުރުމަށް ބޭނުންކުރާ ޖެނެރަލް ލެޖަރ ކޯޑުތަކަށެވެ.
