logo
banner image

"ކައުންސިލް ތަކަށް ދޭ ހިލޭ އެހީ ކަނޑައެޅުމާއި، ކައުންސިލްތަކުގެ ބަޖެޓު ތައްޔާރުކުރުމާއި، ބަޖެޓު ތަންފީޒުކުރުމުގައި އަމަކުރާނެ ގޮތުގެ ގަވައިދު" 25 ވަނަ ބައި

މި ލިއުމުގެ މި ގެނެސްދެނީ، "ކައުންސިލް ތަކަށް ދޭ ހިލޭ އެހީ ކަނޑައެޅުމާއި، ކައުންސިލްތަކުގެ ބަޖެޓު ތައްޔާރުކުރުމާއި، ބަޖެޓު ތަންފީޒުކުރުމުގައި އަމަކުރާނެ ގޮތުގެ ގަވައިދު" އެވެ.

މި ލިއުމުގައި ގެނެސްދޭނީ މި ގަވައިދުގެ މާއްދާތައް ވަކިވަކިންނެވެ.

ކައުުންސިލްތަކުގެ މާލީ ކަންކަން ބަލަހައްޓާ ވެރިންގެ މަސްޢުލިއްޔަތުތައް 25.

(ހ) ކައުންސިލްތަކުގެ މާލީ ކަންތައްތައް ބެލެހެއްޓުމަކީ ކައުންސިލްގެ ރައީސާއި ސެކްރެޓަރީ ޖެނެރަލްގެ ޒިންމާއެކެވެ.

(ށ) ކައުންސިލްތަކުގެ ބަޖެޓު އެކުލަވައިލުމުގައި މުވައްޒަފުން ހޯދުމަށާއި، ރަށުގެ ތަރަށްޤީގެ މަޝްރޫޢުތަކަށް އެކަށޭނަ ބަޖެޓެއް ކަނޑައެޅުމަކީ ކައުންސިލުގެ ރައީސާއި ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތެކެވެ.

(ނ) ކައުންސިލްގެ ބަޖެޓް ތައްޔާރުކޮށް ހުށަހަޅަންޖެހޭ ތާރީހަށް މިނިސްޓްރީއަށް ފޮނުވުމަކީ، ކައުންސިލުގެ ރައީސާއި ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތެކެވެ.

(ރ) ޤާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) އާއި ދައުލަތުގެ މާލިއްޔަތުގެ ގަވައިދާއި އެއްގޮތަށް ކައުންސިލުގެ ބަޖެޓު ތަންފީޛުކުރުމުގެ މަސްއޫލިއްޔަތު އުފުލާ އެންމެ އިސްފަރާތަކީ ކައުންސިލުގެ މާލީ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތް އަދާކުރަމުންދާ ސެކްރެޓަރީ ޖެނެރަލެވެ.