"ކައުންސިލް ތަކަށް ދޭ ހިލޭ އެހީ ކަނޑައެޅުމާއި، ކައުންސިލްތަކުގެ ބަޖެޓު ތައްޔާރުކުރުމާއި، ބަޖެޓު ތަންފީޒުކުރުމުގައި އަމަކުރާނެ ގޮތުގެ ގަވައިދު" 24 ވަނަ ބައި
މި ލިއުމުގެ މި ގެނެސްދެނީ، "ކައުންސިލް ތަކަށް ދޭ ހިލޭ އެހީ ކަނޑައެޅުމާއި، ކައުންސިލްތަކުގެ ބަޖެޓު ތައްޔާރުކުރުމާއި، ބަޖެޓު ތަންފީޒުކުރުމުގައި އަމަކުރާނެ ގޮތުގެ ގަވައިދު" އެވެ.
މި ލިއުމުގައި ގެނެސްދޭނީ މި ގަވައިދުގެ މާއްދާތައް ވަކިވަކިންނެވެ.
ކައުންސިލްތަކުގެ ބަޖެޓު ތަންފީޒުކުރުމުގައި ރިއާޔަތްކުރަންޖެހޭ ކަންކަން 24.
(ހ) ކައުންސިލްތަކަށް ހިލޭ އެހީގެ ފައިސާ ދޭނީ، ދައުލަތުގެ ކޭޝްފްލޯއަސް ބަލައި މަހުން މަހަށް ނުވަތަ 3 (ތިނެއް) މަހުން އެއް ފަހަރުއެވެ.
(ށ) ކައުންސިލްތަކުން ކޮންމެ މަހެއްގެ ޚަރަދު ރިޕޯޓާއި، ބޭންކް އެކައުންޓާއި ރިކޮންސައިލްކޮށްފައިވާ ޚަރަދު ރިޕޯޓާއި، ބޭންކް ރިކޮންސިލިއޭޝަން ސްޓޭޓްމަންޓް، ޖެހިގެން އަންނަ ދުވަހުގެ 10 (ދިހައެއް) ވަނަ ދުވަހުގެ ކުރިން މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.
(ނ) މިނިސްޓްރީން އެމަހެއްގެ ހިލޭ އެހީގެ ފައިސާ ދޫކުރާނީ، މި މާއްދާގެ (ށ) ގެ ދަށުން ފާއިތުވެދިއަ މަހަށް ތައްޔާރުކޮށްފައިވާ ލިއުންތައް ކައުންސިތަކުން ހުށަހެޅުމުންނެވެ.
(ރ) ދައުލަތުގެ މާލިއްޔަތު ގަވައިދުގައި ބަޔާންކޮށްފައިވާ ދައުލަތުގެ ޚަރަދު ރިޕޯޓުތައް، ކަނޑައަޅާފައިވާާ މުއްދަތަށް މިނިސްޓްރީއަށް ފޮނުވަންވާނެއެވެ.
