logo
banner image

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސްވެރިންގެ އަތުން މަސް ގަންނަ އަގު 20 ރުފިޔާއަށް ބޮޑުކޮށްފިއެވެ.

މަސްވެރިންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށް މި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މަސްވެރިންގެ އަތުން މަސް ގަންނަ އަގު ރަނގަޅުކުރުމަށް މިފްކޯއިން ކުރި މަސައްކަތުން ނިމުނު ހަފްތާ 18.50 ރުފިޔާއަށް މިފްކޯ މަސް ގަންނަން ފެށި ނަމަވެސް މިއަދު ވަނީ 20 ރުފިޔާއަށް ބޮޑުކޮށްފައެވެ. މިދުވަސްވަރަކީ މަސްވެރިކަން ދަށް ދުވަސް ވަރަކަށް ވާތީ މިފްކޯއިން އަންނަނީ މަސް ގަންނަ އަގުތަކަށް ބަދަލުގެންނަން ފަށާފައެވެ. މިފްކޯއިން ބުނެފައިވަނީ ކުރިއަށް އޮތްތަނުގައިވެސް ހެޔޮ ބަދަލުތަކެއް ގެނެވޭނެ ކަމަށެވެ.

މި ބަދަލުގެނެސްފައި ވަނީ މިދުވަސްވަރަކީ ރާއްޖޭގައި މަސްވެރިކަން ދަށް ދުވަސްވަރަކަށްވާތީ މަސްވެރި އާއިލާތަކަށް މާލީ ގޮތުން ލުއި ފަސޭހަގޮތެއް ހޯދައިދިނުމަށެވެ.

މިފްކޯއިން ބުނީ މަސް ގަންނަ އަގު ބިނާވަނީ، ޑިމާންޑާއި ސަޕްލައިއަށް ކަމަށާއި، މިދުވަސްވަރަކީ، މަސްވެރިކަން ދަށް ދުވަސްވަރެއްނަމަވެސް ކުރިއަށް އޮތް ތަނުގައި މިފްކޯއިން މަސް ގަންނަ އަގު މިހާރަށްވުރެ ރަނގަޅުވުންވެސް އެކަށީގެންވާ ކަމަށެވެ.

ސަރުކާރުން ވަނީ، މަސްވެރިންގެ އަތުން މަސް ގަންނަ އަގު 16 ރުފިޔާއަށްވުރެ ދަށް ނުކުރުމަށް ނިންމާފައެވެ.

މަސްވެރިކަން ތަރައްގީ ކުރުމަށް މި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މީގެ ކުރިން އެއްވެސް ސަރުކާރަކުން މަސްވެރިކަމަށް އިންވެސްޓު ނުކުރާވަރަށް ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ މަސްވެރި ސިނާއަތަށް އިންވެސްޓުކޮށްފައެވެ.އެގޮތުން މަސްވެރިންނަށް ފަސޭހަކަމާއެކު އައިސް އަދި އަގު ހެޔޮކޮށް ތެޔޮ ލިބެނޭ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރަށް ރާއްޖޭގެ ދެ ސަރަހައްދެއްގައި ދަޅުގައި މަސް ބަންދުކުރާ ކާރުހާނާ އަޅަން ބޭނުންވާ ބިމާ ބަނދަރުގެ މަސައްކަތް ވަނީ ފަށާފައެވެ.