ޗައިނާގެ ސަފީރު ކޮންގް ޒިއަންހުއާ، ވަޒީރު ހީނާގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފި
ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޒިއަންހުއާ، ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދުގެ އަރިހަށް އިޙުތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު މި ވުޒާރާގައެވެ.
މި ބައްދަލުވުމުގައި ވަޒީރު ހީނާ ވަނީ ސަފީރު ކޮންގް ޒިއަންހުއާ އަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި ދެ ބޭފުޅުންގެ ބައްދަލުވުމުގައި، ރާއްޖެއާއި ޗައިނާއާ ދެމެދު ފަންނާއި، ސަގާފަތާއި، ތަރިކައިގެ ރޮނގުން އޮތް ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.
ޗައިނާއަކީ ސަގާފަތާއި ތަރިކައިގެ ރޮނގުން ދިވެހިރާއްޖެއަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ އެއް ޤައުމެވެ.
