logo
banner image

"ކައުންސިލް ތަކަށް ދޭ ހިލޭ އެހީ ކަނޑައެޅުމާއި، ކައުންސިލްތަކުގެ ބަޖެޓު ތައްޔާރުކުރުމާއި، ބަޖެޓު ތަންފީޒުކުރުމުގައި އަމަކުރާނެ ގޮތުގެ ގަވައިދު" 23 ވަނަ ބައި

މި ލިއުމުގެ މި ގެނެސްދެނީ، "ކައުންސިލް ތަކަށް ދޭ ހިލޭ އެހީ ކަނޑައެޅުމާއި، ކައުންސިލްތަކުގެ ބަޖެޓު ތައްޔާރުކުރުމާއި، ބަޖެޓު ތަންފީޒުކުރުމުގައި އަމަކުރާނެ ގޮތުގެ ގަވައިދު" އެވެ.

މި ލިއުމުގައި ގެނެސްދޭނީ މި ގަވައިދުގެ މާއްދާތައް ވަކިވަކިންނެވެ.

މަޢުލޫމާތު ހާމަކުރުން 23.

(ހ) ކައުންސިލްތަކުން ފާއިިތުވެ ދިއަ މަހުކުރި ޚަރަދުތަކުގެ ތަފްސީލް، ހިނގަމުންދާ މަސް ނިމުމުގެ ކުރިން އާއްމުކުރަންވާނެއެވެ. އަދިި އެ ލިއުމުގައި އެންމެ މަދުވެގެންވެސް، އަންނަނިވި މަޢުލޫމާތު ހިމަނަންވާނެއެވެ.

(1) މުވައްޒަފުންގެ މުސާރައާއި އިތުރު ގަަޑީގެ ޚަރަދާއި، އެހެނިހެން އެލަވަންސްތަކުގެ ޖުމްލަ ޚަރަދު ވަކިން އެނގެން އޮންނަ ގޮތަށް؛

(2) ކައުންސިލްތަކުގެ ދަތުރު ޚަރަދާއި، ދަތުރު ތަކުގެ ތަފްސީލް (ކޮންމެ ދަތުރެއް ވަކިން އެނގެން އޮންނަގޮތަށް)؛

(3) ކައުންސިލްތަކުގެ އެހެނިހެން ޚަރަދު؛

(ށ) ތިިރީގައި ބަޔާންކޮށްފައިވާ މައުލޫމާތު ކޮންމެ 3 (ތިންމަހުން) އެއް ފަހަރު މިނިސްޓްރީން އާއްމުކުރަންވާނެއެވެ.

(1) ކައުންސިލްތަކަށް ހިލޭ އެހީގެ ފައިސާ ދޫކުރިގޮތުގެ ތަފްސީލް؛

(2) ކައުންސިލްތަކުގެ ޚަރަދުގެ ތަފްސީލް؛

(ނ) މި ގަވައިދުގެ ބޭނުމަށް، ކައުންސިލްތަކުން މައުލޫމާތު އާއްމުކުރި ކަމަށް ބެލެވޭނީ، ކައުންސިލް ނިސްބަތްވާ އިދާރީ ދާއިރާގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ފެންނާނެ އަދި ކިޔޭނެ ގޮތުގެ ވަސީލަތެއް ބޭނުންކޮށްގެން އެ މައުލޫމާތު އާއްމުކޮށްފައިވާނަމައެވެ.