logo
banner image

"ކައުންސިލް ތަކަށް ދޭ ހިލޭ އެހީ ކަނޑައެޅުމާއި، ކައުންސިލްތަކުގެ ބަޖެޓު ތައްޔާރުކުރުމާއި، ބަޖެޓު ތަންފީޒުކުރުމުގައި އަމަކުރާނެ ގޮތުގެ ގަވައިދު" 22 ވަނަ ބައި

މި ލިއުމުގެ މި ގެނެސްދެނީ، "ކައުންސިލް ތަކަށް ދޭ ހިލޭ އެހީ ކަނޑައެޅުމާއި، ކައުންސިލްތަކުގެ ބަޖެޓު ތައްޔާރުކުރުމާއި، ބަޖެޓު ތަންފީޒުކުރުމުގައި އަމަކުރާނެ ގޮތުގެ ގަވައިދު" އެވެ.

މި ލިއުމުގައި ގެނެސްދޭނީ މި ގަވައިދުގެ މާއްދާތައް ވަކިވަކިންނެވެ.

ދައުލަތުން ދޭ ހިލޭ އެހީ ކައުންސިލްތަކަށް އިތުރުކޮށްދިނުން 22.

(ހ) ކައުންސިލްތަކުން އެދިއްޖެ ހާލަތެއްގައި، ދައުލަތުގެ ބަޖެޓުން އެ އަހަރަކަށް އެ ކައުންސިލަކަށް ދޫކުރުމަށް ފާސްކޮށްފައިވާ ބްލޮކް ގްރާންޓްގެ މިންވަރަށްވުރެ އިތުރަށް ދައުލަތުގެ ބަޖެޓުން ދޫކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ދަށުން އިތުރުކުރެވޭ ހިލޭ އެހީގެ މިންވަރު ދޫކުރެވޭނީ، އެކައުންސިލަކަށް ދޫކުރާ ކޮންޑިޝަނަލް ބްލޮކް ގްރާންޓެއްގެ ގޮތުގައެވެ.

(ނ) މި މާއްދާގެ (ހ) ދަށުން ކައުންސިލްތަކަށް އިތުރުކުރެވޭ ފައިސާގެ މިންވަރާއި، އިތުރު ކޮށްދެވުނު ސަބަބު، މިނިސްޓްރީން އާއްމުކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ދަށުން ކައުންސިލްތަކަށް އިތުރުކުރެވޭ ފައިސާގެ މިންވަރު، އެ އިތުރުކޮށްދިން ޤައުމީ އިދާރާއެއްގެ ބަޖެޓުގައި ރިކޯޑް ކުރަންވާނެއެވެ.