"ކައުންސިލް ތަކަށް ދޭ ހިލޭ އެހީ ކަނޑައެޅުމާއި، ކައުންސިލްތަކުގެ ބަޖެޓު ތައްޔާރުކުރުމާއި، ބަޖެޓު ތަންފީޒުކުރުމުގައި އަމަކުރާނެ ގޮތުގެ ގަވައިދު" 21 ވަނަ ބައި
މި ލިއުމުގެ މި ގެނެސްދެނީ، "ކައުންސިލް ތަކަށް ދޭ ހިލޭ އެހީ ކަނޑައެޅުމާއި، ކައުންސިލްތަކުގެ ބަޖެޓު ތައްޔާރުކުރުމާއި، ބަޖެޓު ތަންފީޒުކުރުމުގައި އަމަކުރާނެ ގޮތުގެ ގަވައިދު" އެވެ.
މި ލިއުމުގައި ގެނެސްދޭނީ މި ގަވައިދުގެ މާއްދާތައް ވަކިވަކިންނެވެ.
ފާސްކުރި ބަޖެޓު އެއްބައިން އަނެއްބަޔަށް ބަދަލުކުރުން 21.
(ހ) މި ގަވާއިދުގެ 19 ވަނަ މާއްދާއާއި 20 ވަނަ މާއްދާއާއި ޚިލާފުނުވާ ގޮތުގެމަތީން، ކައުންސިލުން އެ އަހަރަކަށް ފާސްކުރާ ބަޖެޓުގެ "ޖެނެރަލް ލެޖަރ ކްލެސިފިކޭޝަން" ގެ 3 (ތިނެއް) ޑިޖިޓުގެ ބަޖެޓް ކޯޑުތަކުގައި ހިމަނައިފައިވާ ފައިސާ އެއްބައިން އަނެއް ބަޔަށް ބަދަލުކުރެވޭނީ އެގޮތުގެ މަތީން އެއްބަޔަށް އަނެއް ބަޔަށް ބަދަލުކޮށް، ކައުންސިލުން އެކަން ފާސްކުރުމުންނެވެ. އަދި މިގޮތުގެމަތިން ގެނައި ބަދަލު އާއްމުކުރަންވާނެއެވެ.
(ށ) މި ގަވާއިދުގެ 19 ވަނަ މާއްދާއާއި 20 ވަނަ މާއްދާއާއި ޚިލާފުނުވާ ގޮތުގެމަތީން، އުންސިލުން އެ އަހަރަކަށް ފާސްކުރާ ބަޖެޓުގެ ތަފްސީލީ 6 (ހައެއް) ޑިޖިޓުގެ ބަޖެޓް ކޯޑުތަކުގެ މެދުގައި އެއްބައިން އަނެއް ބަޔަށް ބަދަލުކުރެވޭނީ ސެކްރެޓަރީ ޖެނެރަލްގެ ހުއްދައާއިއެކުގައެވެ.
