logo
banner image

"ކައުންސިލް ތަކަށް ދޭ ހިލޭ އެހީ ކަނޑައެޅުމާއި، ކައުންސިލްތަކުގެ ބަޖެޓު ތައްޔާރުކުރުމާއި، ބަޖެޓު ތަންފީޒުކުރުމުގައި އަމަކުރާނެ ގޮތުގެ ގަވައިދު" 19 ވަނަ ބައި

މި ލިއުމުގެ މި ގެނެސްދެނީ، "ކައުންސިލް ތަކަށް ދޭ ހިލޭ އެހީ ކަނޑައެޅުމާއި، ކައުންސިލްތަކުގެ ބަޖެޓު ތައްޔާރުކުރުމާއި، ބަޖެޓު ތަންފީޒުކުރުމުގައި އަމަކުރާނެ ގޮތުގެ ގަވައިދު" އެވެ.

މި ލިއުމުގައި ގެނެސްދޭނީ މި ގަވައިދުގެ މާއްދާތައް ވަކިވަކިންނެވެ.

ދެމެހެއްޓެނިވި މިންގަނޑެއްގައި ޚަރަދުތައް ހިފެހެެއްޓުން 19.

(ހ) ކައުންސިލްތަކުގެ އެއް އަހަރުގެ ހުރިހާ ހަރަދެއް ހަމަޖައްސަންވާނީ، އެ އަހަރަކަށް ފާސްކުރާ ކައުންސިލްގެ ބަޖެޓުގެ ތެރެއިންނެވެ.

(ށ) ކައުންސިލްތަކުގެ އެއް އަހަރެއްގައި ކުރާ ޚަރަދުތަކުގެ ބިލްތަކަށް އެ އަހަރެއްގެ ބަޖެޓުގެ ތެރޭގައި ރިކޯޑުކުރަންވާނެއެވެ.

(ނ) ކައުންސިލްތަކުން އެ އަހަރެއްގެ ތެރޭގައި ކުރާ ޚަރަދަށް އެ އަހަރެއްގައި ފައިސާ ދެއްކުމަށް މަސައްކަތްކުރަންވާނެއެވެ.

(ރ) ކައުންސިލްތަކުގެ ރިކަރަންޓް ޚަރަދު ތިރީގައި ކަނޑައަޅާފައިވާ މިންގަނޑުތަކުގައި ހިފަހައްޓަންވާނެއެވެ.

(1) ސިޓީ ކައުންސިލެއްނަމަ ކައުންސިލްގެ ބަޖެޓުގެ %70 (ހަތްދިހަ އިންސައްތަ) އަށް ވުރެ އިތުރުނުވާނެ ގޮތުގެމަތިން؛

(2) ރަށު ކައުންސިލެއްނަމަ، ތިރީގައިވާ ގޮތުގެ މަތީން؛

- 500 (ފައް ސަތޭކަ) މީހުންނަށްވުރެ ރަށުގެ އާބާދީ މަދުނަމަ ކައުންސިލްގެ ބަޖެޓުގެ %80 (އައްޑިހަ އިންސައްތަ) އަށްވުރެ އިތުރުނުވާނެ ގޮތުގެ މަތީން؛

- ރަށުގެ އާބާދީ އަކީ 500 (ފައް ސަތޭކަ) މީހުންނާއި، 999 (ނުވަ ސަތޭކަ ނުވަދިހަ ނުވައެއް) މީހުންނާއި ދެމެދުގެ އަދަދެއްނަމަ ކައުންސިލްގެ ބަޖެޓުގެ %70 (ހަތްދިހަ ފަހެއް އިންސައްތަ) އަށްވުރެ އިތުރުނުވާ ގޮތުގެމަތީން؛

- ރަށުގެ އާބާދީ އަކީ 1000 (އެއްހާސް) މީހުންނާއި، 1،499 (އެއްހާސް ހަތަރުސަތޭކަ ނުވަދިހަ ނުވައެއް) މީހުންނާއި ދެމެދުގެ އަދަދެއްނަމަ، ކައުންސިލްގެ ބަޖެޓުގެ %65 (ފަސްދޮޅަށް ފަހެއް އިންސައްތަ) އަށްވުރެ އިތުރުނުވާ ގޮތުގެމަތީން؛

- 2000 ( ދެ ހާސް) މީހުންނަށްވުރެ ރަށުގައި ދިރިއުޅޭ އާބާދީ ގިނަނަމަ، ކައުންސިލްގެ ބަޖެޓުގެ %65 (ފަސްދޮޅަށް ފަހެއް އިންސައްތަ) އަށްވުރެ އިތުރުނުވާ ގޮތުގެމަތީން؛

(ބ) މި މާއްދާގެ (ރ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ މިންގަނޑުގެ ތެރެއިން ކައުންސިލްގެ ހަރަދުތައް ހަމަނުޖެއްސޭ ހިނދެއްގައި، އެ ކައުންސިލުން މިނިސްޓްރީއަށް އެންގުމުން، އެ ކައުންސިލުން ޚަރަދުތައް ހިފަހައްޓަންޖެހޭ އައުު މިންގަނޑުތަކެއް މިނިސްޓްރީއަށް ކަނޑައެޅިދާނެއެވެ.