logo
banner image

"ކައުންސިލް ތަކަށް ދޭ ހިލޭ އެހީ ކަނޑައެޅުމާއި، ކައުންސިލްތަކުގެ ބަޖެޓު ތައްޔާރުކުރުމާއި، ބަޖެޓު ތަންފީޒުކުރުމުގައި އަމަކުރާނެ ގޮތުގެ ގަވައިދު" 18 ވަނަ ބައި

މި ލިއުމުގެ މި ގެނެސްދެނީ، "ކައުންސިލް ތަކަށް ދޭ ހިލޭ އެހީ ކަނޑައެޅުމާއި، ކައުންސިލްތަކުގެ ބަޖެޓު ތައްޔާރުކުރުމާއި، ބަޖެޓު ތަންފީޒުކުރުމުގައި އަމަކުރާނެ ގޮތުގެ ގަވައިދު" އެވެ.

މި ލިއުމުގައި ގެނެސްދޭނީ މި ގަވައިދުގެ މާއްދާތައް ވަކިވަކިންނެވެ.

ކައުންސިލްތަކަށް ލިބޭ މާލީ އެހީ 18.

(ހ) ޤައުމީ އިދާރާއަކުން ފިޔަވައި ކައުންސިލަށް މާލީ އެހީއެއް ލިބިއްޖެނަމަ، އެ މާލީ އެހީއާ ގުޅިގެން، ތިރީގައިވާ މައުލޫމާތު ކަމާބެހޭ ޤައުމީ އިދާރާއަކަށް އަންގަންވާނެއެވެ.

(1) މާލީ އެހީދިން ފަރާތް؛

(2) ލިބުނު މާލީ އެހީގެ މިންވަރު؛

(3) މާލީ އެހީ ދިން ސަބަބު؛

(4) ކައުންސިލަށް ފައިސާ ދޫކުރުމަށް ހަމަޖެހިފައިވާ ޝެޑިއުލް؛

(ށ) މި މާއްދާގެ (ހ) ގެ ދަށުން ޤައުމީ އިދާރާއަކަށް ލިބޭ މަޢުލޫމާތު ދައުލަތުގެ މާލިއްޔަތުގެ ގަވައިދުގެ 4.07 ވަނަ މާާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ޕަބްލިކް އެކައުންޓިން ސިސްޓަމްގައި މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތީން ރިކޯޑުކުރަންވާނެއެވެ.

(ނ) ކައުންސިލަށް ލިބޭ މާލީ އެހީ އެކައުންސިލެއްގެ ބަޖެޓުގައި ހިމަނަންވާނެއެވެ.

(ރ) ޕީއެސް.އައި.ޕީ މަޝްރޫއެއް ހިންގުމަށް ނުވަތަ ވަކި ހަރަކާތެއް ހިންގުމަށް ކައުންސިލަށް ލިބޭ މާލީ އެހީގެ ފައިސާ ފުރަތަމަ ޖަމާވަނީ މޯލްޑިވުސް މަނިޓަރީ އޮތޯރިޓީގައި ހުޅުވިފައިވާ ބަޕްލިކް ބޭންކް އެކައުންޓަށް ކަމުގައިވާނަމަ، އެގޮތުން ލިބޭ ފައިސާ ކައުންސިލަށް ދޫކުރެވޭނީ، އެ ޕީއެސް.އައި.ޕީ މަޝްރޫއެއް ނުވަތަ ހަރަކާތެއް ހިންގާ މިންވަރަކުންނެވެ.

(ބ) ކައުންސިލަށް ލިބޭ މާލީ އެހީގެގޮތުގައި މޯލްޑިވުސް މަނިޓަރީ އޮތޯރިޓީގައި ހުޅުވިފައިވާ ބަޕްލިކް ބޭންކް އެކައުންޓަށް ޖަމާކުރާ ފައިސާ، އެ ފައިސާ ކައުންސިލަށް ދޫކުރުމަށް ހަމަޖެހިފައިވާ ޝެޑިއުލާ އެއްގޮތަށް ކަމާބެހޭ ޤައުމީ އިދާރާއެއްގެ ބަޖެޓުގައި ހިމަނަންވާނެއެވެ.