logo
banner image

"ކައުންސިލް ތަކަށް ދޭ ހިލޭ އެހީ ކަނޑައެޅުމާއި، ކައުންސިލްތަކުގެ ބަޖެޓު ތައްޔާރުކުރުމާއި، ބަޖެޓު ތަންފީޒުކުރުމުގައި އަމަކުރާނެ ގޮތުގެ ގަވައިދު" 17 ވަނަ ބައި

މި ލިއުމުގެ މި ގެނެސްދެނީ، "ކައުންސިލް ތަކަށް ދޭ ހިލޭ އެހީ ކަނޑައެޅުމާއި، ކައުންސިލްތަކުގެ ބަޖެޓު ތައްޔާރުކުރުމާއި، ބަޖެޓު ތަންފީޒުކުރުމުގައި އަމަކުރާނެ ގޮތުގެ ގަވައިދު" އެވެ.

މި ލިއުމުގައި ގެނެސްދޭނީ މި ގަވައިދުގެ މާއްދާތައް ވަކިވަކިންނެވެ.

ކައުންސިލްތަކުން ޕީ.އެސް.އައި.ޕީ މަޝްރޫޢު ތަންފީޒުކުރުން 17.

(ހ) ކޮންމެ މަހެއް ނިމުމުން ޕީ.އެސް.އައި.ޕީ މަޝްރޫޢުގެ މަސައްކަތް ކުރިއަށްގޮސްފައިވާ ގޮތުގެ ޕްރޮގްރެސް ރިޕޯޓެއް، ދެން ފެށޭ މަހުގެ 10 ވަނަ ދުވަހުގެ ކުރިން ތައްޔާރުކޮށް، އެ މަޝްރޫޢު އެ ކައުންސިލަކާއި ހަވާލުކުރި ޤައުމީ އިދާރާއަކަށް ކައުންސިލުން ހުށަހަޅަންވާނެއެވެ. މި ރިޕޯޓުގައި އެހައިތަނަށް، މަސައްކަތް ކުރިއަށްގޮސްފައިވާ ހިސާބާއި، (ޕްރޮގްރެސް)؛ އެހާތަނަށް ކޮށްފައިވާ ޚަރަދާއި، ދިމާވެފައިވާ ނުވަތަ ކުރިއަށްއޮތްތަނުގައި ދިމާވެދާނެ ދަތިތަކާއި، ހައްލުކުރުމަށް ކޮށްފައިވާ މަސައްކަތްތަކާއި ނުވަތަ ހައްލުކުރުމަށް ކަނޑައަޅާ ގޮތްތައް ހިމަނަންވާނެއެވެ.

(ށ) "ކައުންސިލުން ޕީ.އެސް.އައި.ޕީ މަޝްރޫއަކާއި ގުޅޭގޮތުން، ނިންމާފައިވާ ނިންމުންތަކާއި އެހެނިހެން ލިޔެކިއުންތައް، ދައުލަތުގެ މާލިއްޔަތުގެ ގަވައިދުގެ 10.6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ބަލަހައްޓަންވާނެއެވެ.

(ނ) ކައުންސިލްތަކުން ހިންގުމަށް ހަވާލުކޮށްފައިވާ ޕީ.އެސް.އައި.ޕީ މަޝްރޫއުތަކާއި ގުޅިގެން މަސައްކަތްކުރާ ފަރާތަށް ކައުންސިލްތަކުން ފައިސާ ދޫކުރާނީ، ދައުލަތުގެ މާލިއްޔަތުގެ ގަވައިދާއި އެއްގޮތަށް ސީދާ އެ މަޝްރޫޢުގެ މަސައްކަތްކުރުމަށް ހަވާލުކޮށްފައިވާ ފަރާތަށެވެ.

(ރ) ކައުންސިލްތަކުން ހިންގުމަށް ހަވާލުކޮށްފައިވާ ޕީ.އެސް.އައި.ޕީ މަޝްރޫއުތަކާއި ގުޅިގެން މި މާއްދާގެ (ހ) ގެ ދަށުން ލިބޭ މައުލޫމާތު، އެ މަޝްރޫއެއް ހަވާލުކުރި ޤައުމީ އިދާރާއަކުން ބަލަހައްޓަންވާނެއެވެ.