logo
banner image

"ކައުންސިލް ތަކަށް ދޭ ހިލޭ އެހީ ކަނޑައެޅުމާއި، ކައުންސިލްތަކުގެ ބަޖެޓު ތައްޔާރުކުރުމާއި، ބަޖެޓު ތަންފީޒުކުރުމުގައި އަމަކުރާނެ ގޮތުގެ ގަވައިދު" 16 ވަނަ ބައި

މި ލިއުމުގެ މި ގެނެސްދެނީ، "ކައުންސިލް ތަކަށް ދޭ ހިލޭ އެހީ ކަނޑައެޅުމާއި، ކައުންސިލްތަކުގެ ބަޖެޓު ތައްޔާރުކުރުމާއި، ބަޖެޓު ތަންފީޒުކުރުމުގައި އަމަކުރާނެ ގޮތުގެ ގަވައިދު" އެވެ.

މި ލިއުމުގައި ގެނެސްދޭނީ މި ގަވައިދުގެ މާއްދާތައް ވަކިވަކިންނެވެ.

ކޮންޑިޝަނަލް ގްރާންޓް 16.

(ހ) ޕީ.އެސް.އައި.ޕީ ހިންގުމަށާއި، ކައުންސިލްތަކުން ކުރިއަށްގެންދާ އެހެނިހެން ކަންކަން ކުރުމަށް ކޮންޑިޝަނަލް ގްރާންޓެއްގެ ގޮތުގައި ދައުލަތުން ކައުންސިލްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެވިދާނެއެވެ.

(ށ) ޕީ.އެސް.އައި.ޕީ މަޝްރޫޢު ހިންގުމަށް ކޮންޑިޝަނަލް ގްރާންޓް ދިނުމުގެ ކުރިން، ޕީ.އެސް.އައި.ޕީ މަޝްރޫޢު ހިންގުމާއި ހަވާލުވެ ހުރި ޤައުމީ އިދާރާއާއި ކައުންސިލާއި ދެމެދު އެއްބަސްވުމުގައި ސޮއިކުރަންވާނެއެވެ. މި އެއްބަސްވުމުގައި ތިރީގައިވާ މައުލޫމާރު މަދުވެގެން ހިމަނަންވާނެއެވެ.

(1) އެއްބަސްވުމުގެ ތަޢާރަފް؛

(2) އެއްބަސްވުމުގެ މުއްދަތު؛

(3) މަޝްރޫޢުގެ ތަފްސީލް؛

(4) މަޝްރޫޢުގެ ބަޖެޓް؛

(5) ފައިސާ ހަރަދުކުރުމުގައާއި ހިސާބު ކިތާބު ބަލެހެއްޓުމުގައި ގެންގުޅެންވާނެ އުސޫލު؛

(6) މަޝްރޫޢު ހިންގުމަށް ޤައުމީ އިދާރާއަކުން ތައްޔާރުކޮށްފައިވާ އެންމެހާ ޕްލޭންތަކާއި ލިޔެެކިއުންތައް؛

(7) ކައުންސިލްތަކުގެ މަސްޢޫލިއްޔަތުތައް؛

(8) ޤައުމީ އިދާރާގެ މަސްޢޫލިއްޔަތުތައް؛

(9) މަޝްރޫޢާއި ގުޅިގެން ކައުންސިލަށް ފައިސާ ދޫކުރުމުގައި އެއްބަސްވެފައިވާ ޝެެޑިއުލް؛

(ނ) ކައުންސިލުން ކުރިއަށްގެންދާ ޕީ.އެސް.އައި.ޕީ މަޝްރޫޢު ނޫން އެހެނިހެން ކަންކަން ކުރުމަށް ކޮންޑިޝަނަލް ގްރާންޓެއް ދިނުމުގެ ކުރިން ކަމާބެހޭ އިދާރާއަކުން އެފަދައިން ދިން ގްރާންޓްގެ އަދަދާއި ގްރާންޓް ދިން ސަބަބު މިނިސްޓްރީއަށް އަންގަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) އަދި (ރ) ގެ ދަށުން ޤައުމީ އިދާރާއަކަށް ލިބޭ މައުލޫމާތު، ޕަބްލިކް އެކައުންޓިން ސިސްޓަމްގައި، މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތިން ރެެކޯޑްކުރަންވާނެއެވެ.