logo
banner image

ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީންގެ 2 ވަނަ ބެޗްގެ ދަރިވަރުން ތަމްރީނަށް ފުރައިފި

ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ނޭޝަނަލް ސަރވިސް ސްކިލް ޓްރޭނިންގ 2 ވަނަ ބެޗްގެ ދަރިވަރުން ތަމްރީންތައް ފުރިހަމަކުރުމަށް ފުރައިފިއެވެ.

ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނަކީ، ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމްތަކުގެ ތެރެއިން ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގ ފުރިހަމަކުރާ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ފަންނީ ޢިލްމާއި ހުނަރު ދަސްކޮށްދޭ ޕްރޮގްރާމެކެވެ.

ބ.ކިހާދޫގައި ހުންނަ އެމް.އެން.ޑީ.އެފް ސްކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސްގައި ހަތަރު މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ތަމްރީނުތަކުގައި 77 ދަރިވަރުން ބައިވެރިވާނެއެވެ.

ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 2 ވަނަ ބެޗުގައި ބައިވެރިވާ ދަރިވަރުންނަކީ، 2026 މެއި 23 ވަނަ ދުވަހު ދަސްވެނިވި ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގ ދެވަނަ ބެޗުގެ ދަރިވަރުންނަށް ހުޅުވާލި ފުރުޞަތުގައި ފަންނީ ތަމްރީނަށް ކުރިމަތިލި ދަރިވަރުންގެ ތެރެއިން، ކަނޑައެޅިފައިވާ އުޞޫލުތަކުގެ ތެރެއިން ފަންނީ ތަމްރީނަށް ފުރުޞަތުދެވުނު ދަރިވަރުންނެވެ.