"ކައުންސިލް ތަކަށް ދޭ ހިލޭ އެހީ ކަނޑައެޅުމާއި، ކައުންސިލްތަކުގެ ބަޖެޓު ތައްޔާރުކުރުމާއި، ބަޖެޓު ތަންފީޒުކުރުމުގައި އަމަކުރާނެ ގޮތުގެ ގަވައިދު" 16 ވަނަ ބައި
މި ލިއުމުގެ މި ގެނެސްދެނީ، "ކައުންސިލް ތަކަށް ދޭ ހިލޭ އެހީ ކަނޑައެޅުމާއި، ކައުންސިލްތަކުގެ ބަޖެޓު ތައްޔާރުކުރުމާއި، ބަޖެޓު ތަންފީޒުކުރުމުގައި އަމަކުރާނެ ގޮތުގެ ގަވައިދު" އެވެ.
މި ލިއުމުގައި ގެނެސްދޭނީ މި ގަވައިދުގެ މާއްދާތައް ވަކިވަކިންނެވެ.
ކައުންސިލް ތަކަށް ހަވާލުކުރާ ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކުގެ ޕްރޮކިއުމަންޓް 15.
(ހ) ޤައުމީ އިދާރާތަކުން ޕީ.އެސް.އައި.ޕީ މަޝްރޫއުުތައް ހިންގުމަށް ކައުންސިލްތަކާއި ހަވާލުކުރަންވާނީ، ދައުލަތުގެ މާލިއްޔަތުގެ ގަވައިދުގެ 10.20 ވަނަ މާއްދާގެ (ށ) ގެ ދަށުން ތައްޔާރުކުރާ އެ ޤައުމީ އިދާރާއެއްގެ ޕްރޮކިއުމަންޓް ޕްލޭންއާއި އެއްގޮތްވާ ގޮތުގެމަތިންނެވެ.
(ށ) ޤައުމީ އިދާރާތަކުން ކައުންސިލްތަކާއި ހަވާލުކޮށްގެން ކުރިއަށްގެންދިއުމަށް ރާވަފާއިވާ ޕީ.އެސް.އައި.ޕީ މަޝްރޫއުުތައް، ޕްރޮކިއުމަންޓް ޕްލޭންގައި ހިމަނަންވާނީ އެ ޕީ.އެސް.އައި.ޕީ މަޝްރޫއެއް ހިންގަން ހަވާލުކޮށްފައިވާ ކައުންސިލެއްގެ މަޝްވަރާއާ އެކުގައެވެ.
(ނ) ޤައުމީ އިދާރާތަކުން ރަށްރަށުގައި ކުރިއަށްގެންދިއުމަށް ނިންމާ ޕީ.އެސް.އައި.ޕީ މަޝްރޫއުުތަކުގެ ޕްރޮކިއުމަންޓްގެ މަސައްކަތް ކުުރިއަށްގެންދަންވާނީ، އެ ޕީ.އެސް.އައި.ޕީ މަޝްރޫއުު ހިންގުމަށް ހަވާލުކޮށްފައިވާ ކައުންސިލަކުން، ދައުލަތުގެ މާލިއްޔަތު ގަވައިދުގައި ބަޔާންކޮށްފައިވާ ދައުލަތުގެ ޕްރޮކިއުމަންޓްގެ ގަވައިދުތަކާއި އެއްގޮތްވާ ގޮތުގެމަތިންނެވެ.
(ރ) މި ޤަވައިދުގެ 13 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޕީ.އެސް.އައި.ޕީ މަޝްރޫއުުތައް ޤައުމީ އިދާރާތަކުން ކައުންސިލްތަކާއި ހަވާލުކުރާއިރު ޕްރޮކިއުމަންޓްގެ ކަންކަން ކުރިއަށްގެންދިއުމަށް ބޭނުންވާ އެންމެހާ ލިޔކިއުންތައް ތައްޔާރުކުރުމަށާއި ޕްރޮކިއުމަންޓްގެ ކަންކަން ކުރިއަށްގެންދިއުމަށް ބޭނުންވާ ފަންނީ އެހީތެރިކަން، ޤައުމީ އިދާރާއަކުން އެ ކައުންސިލަކަށް ފޯރުކޮށްދޭންވާނެއެވެ.
(ބ) މި ޤަވައިދުގެ 13 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޕީ.އެސް.އައި.ޕީ މަޝްރޫއުުތަކުގެ އަގު، ދައުލަތުގެ މާލިއްޔަތު ގަވައިދުގެ 10 ވަނަ ބާބުގެ ޖަދުވަލު 1 ގެ (4) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އަދަދަށްވުރެ ބޮޑުނަމަ، ޕްރޮކިއުމަންޓްގެ މަސައްކަތް ކުރިއަށްގެންދާންވާނީ، ނޭޝަނަލް ޓެންޑަރ ބޯޑް މެދުވެރިކޮށެވެ. މިގޮތުން ޕްރޮކިއުމަންޓް މަސައްކަތަށް ބޭނުންވާ ހުރިހައި ލިޔެކިއުން ފުރިހަމަކޮށް، އެ ކައުންސިލަކުން، ނޭޝަނަލް ޓެންޑަރ އަށް ހުށަހަޅަންވާނެއެވެ.
