logo
banner image

"ކައުންސިލް ތަކަށް ދޭ ހިލޭ އެހީ ކަނޑައެޅުމާއި، ކައުންސިލްތަކުގެ ބަޖެޓު ތައްޔާރުކުރުމާއި، ބަޖެޓު ތަންފީޒުކުރުމުގައި އަމަކުރާނެ ގޮތުގެ ގަވައިދު" 14 ވަނަ ބައި

މި ލިއުމުގެ މި ގެނެސްދެނީ، "ކައުންސިލް ތަކަށް ދޭ ހިލޭ އެހީ ކަނޑައެޅުމާއި، ކައުންސިލްތަކުގެ ބަޖެޓު ތައްޔާރުކުރުމާއި، ބަޖެޓު ތަންފީޒުކުރުމުގައި އަމަކުރާނެ ގޮތުގެ ގަވައިދު" އެވެ.

މި ލިއުމުގައި ގެނެސްދޭނީ މި ގަވައިދުގެ މާއްދާތައް ވަކިވަކިންނެވެ.

ޕީ.އެސް.އައި.ޕީ މަޝްރޫޢު އެކުލަވާލައި ތަންފީޒުކރުމުގެ ކުރިން ކައުންސިލް އާއި ޤައުމީ އިދާރާތަކުން އަމަލުކުރާނެ ގޮތް 14.

(ހ) ކައުންސިލްތަކުން އެކުލަވާލާ ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކަކީ ކައުންސިލްތަކުގެ ތަރައްޤީގެ ޕްލޭމްގައި ހިމަނާފައިވާ ރަށު ތަރަށްޤީގެ ލަނޑުދަނޑިތައް ހާސިލްވާ ޕީ.އެސް.އައި.ޕީ މަޝްރޫއެއްކަން ކައުންސިލްގެ ރައީސާއި ސެކްރެޓަރީ ޖެނެރަލް ކަސަވަރުކުރަންވާނެއެވެ.

(ށ) ކައުންސިލްތަކުން ހިންގުމަށް ރާވާ އައު ޕީ.އެސް.އައި.ޕީ މަޝްރޫއަކާއި ގުޅިގެން ކައުންސިލްތަކުގެ ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޕްލޭންއާއި، ޕީއެސް.އައި.ޕީ މަޝްރޫޢުތަކުގެ ތަފްސީލާއި، ފީސިބިލިޓީ ސްޓަޑީޒް، މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތިން ހުށަހަޅަންވާނެއެވެ.