logo
banner image

"ކައުންސިލް ތަކަށް ދޭ ހިލޭ އެހީ ކަނޑައެޅުމާއި، ކައުންސިލްތަކުގެ ބަޖެޓު ތައްޔާރުކުރުމާއި، ބަޖެޓު ތަންފީޒުކުރުމުގައި އަމަކުރާނެ ގޮތުގެ ގަވައިދު" 13 ވަނަ ބައި

މި ލިއުމުގެ މި ގެނެސްދެނީ، "ކައުންސިލް ތަކަށް ދޭ ހިލޭ އެހީ ކަނޑައެޅުމާއި، ކައުންސިލްތަކުގެ ބަޖެޓު ތައްޔާރުކުރުމާއި، ބަޖެޓު ތަންފީޒުކުރުމުގައި އަމަކުރާނެ ގޮތުގެ ގަވައިދު" އެވެ.

މި ލިއުމުގައި ގެނެސްދޭނީ މި ގަވައިދުގެ މާއްދާތައް ވަކިވަކިންނެވެ.

ޕީއެސްއައިޕީ މަޝްރޫޢުތަކުގެ ތެރެއިން ކައުންސިލްތަކުން ތަންފީޛް ކުރާނެ މަޝްރޫޢުތައް 13.

(ހ) ޤައުމީ އިދާރާތަކުން ރަށެއްގައި ނުވަތަ އަތޮޅެއްގައި ހިންގާ ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކުގެ ތެރެއިން -/5000،000 (ފަސް މިލިއަން) ރުފިޔާ އަށްވުރެ ކުޑަ މަޝްރޫޢުތައް ހިންގާނީ، އެ އިދާރީ ދާއިރާއެއްގެ ރަށު ކައުންސިލް ނުވަތަ އަތޮޅު ކައުންސިލް މެދުވެރިކޮށެވެ.

(ށ) ޤައުމީ އިދާރާތަކުން ރަށެއްގައި ނުވަތަ އަތޮޅެއްގައި ހިންގާ ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކުގެ ތެރެއިން -/ 15000،000 (ފަނަރަ މިލިއަން) ރުފިޔާ އަށްވުރެ ކުޑަ މަޝްރޫޢުތައް ހިންގާނީ، އެ އިދާރީ ދާއިރާއެއްގެ ސިޓީ ކައުންސިލް ކައުންސިލް މެދުވެރިކޮށެވެ.

(ނ) ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކުގެ ތެރެއިން ޤައުމީ ސަލާމަތާއި ގުޅުންހުރި މަޝްރޫޢު ތަކަކީ ކައުންސިލްގެ އިޙުތިޞާޞްގެ ތެރޭގައި ހިމެނޭ މަޝްރޫޢުތަކެއް ނޫނެވެ.

(ރ) މި މާއްދާގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ސިޓީއެއްގައި ރަށެއްގައި ނުވަތަ އަތޮޅެއްގައި ހިންގުމަށް ޤައުމީ އިދާރާއަކުން ކަނޑައަޅާ މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ އަގަށްވުރެ ބޮޑު އަގުގެ ޕީ.އެސް.އައި.ޕީ މަޝްރޫޢުތައް ހިންގުމަށް މި މާއްދާނެ (ނ) އާއި ޚިލާފުނުވާ ގޮތުގެމަތީން، އެ ޤައުމީ އިދާރާއަކުން ކަނޑައަޅާ އުސޫލެއްގެ ދަށުން ކައުންސިލަކާއި ހަވާލުކުރެވިދާނެއެވެ.

(ބ) ޕީ.އެސް.އައި.ޕީ މަޝްރޫޢުގެ ބާވަތުން، އެ ޕީ.އެސް.އައި.ޕީ މަޝްރޫަކީ އެހެން ޕީ.އެސް.އައި.ޕީ މަޝްރޫއަކާ އެއްކޮށް ކުރިއަށްގެންދެވިދާނެ މަޝްރޫއެއް ކަމުގައިވާނަމަ މި މާއްދާގެ (ހ) އާއި (ށ) ގެ ބޭނުމަށް އެ ޕީ.އެސް.އައި.ޕީ މަޝްރޫޢު އަގުކުރާނީ އެފަދަ ހުރިހާ މަޝްރޫޢެއް އެކީގައެވެ.

(ޅ) ޕީ.އެސް.އައި.ޕީ މަޝްރޫއެއް ހިންގުން އަހަރުތަކަކަށް ބެހިގެންދާ ހާލަތްތަކުގައި މި މާއްދާގެ (ހ) އާއި (ށ) ގެ ބޭނުމަށް އެ ޕީ.އެސް.އައި.ޕީ މަޝްރޫޢު އަގުކުރަންވާނީ، ހުރިހާ ހަރަދެއް ހިނގާނެކަމަށް އަންދާޒާކުރާ ޚަރަދުގެ ޖުމުލަ ހިމެނޭގޮތަށެވެ.

(ކ) އެކިއެކި ރަށްރަށުގައި ހިންގުމަށް ރާވާފައިވާ ޕީ.އެސް.އައި.ޕީ މަޝްރޫަޢުތަކުގެ ތެރެއިން، ވަކި ރަށެއްގައި ހިނގާ މަސައްކަތުގެ އަގަކީ މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ އަގަކަށް ފެތޭ އަގެއްނަމަ، އެ ޕީ.އެސް.އައި.ޕީ މަޝްރޫޢު ހިންގަން ކައުންސިލާއި ހަވާލުކުރަންވާނެއެވެ.

(އ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ އަދަދުތަކަށް ނުފެތޭ ޕީ.އެސް.އައި.ޕީ މަޝްރޫއެއް ޓެންޑަރކުރުމުން ލިބޭ އަގަކީ މި މާއްދާގެ (ހ) އާއި (ށ) ގެ ބަޔާންކޮށްފައިވާ އަދަދަށް ފެތޭ އަގެއްނަމަ ޕީ.އެސް.އައި.ޕީ މަޝްރޫއު ހިންގަން ކައުންސިލާއި ހަވާލުކުރަންވާނެއެވެ.

(ވ) މި މާއްދާގެދަށުން ކައުންސިލްތަކާއި ހަވާލުކުރަންވާނީ، މި ގަވައިދަށް ޢަމަލުކުރަން ފަށާ ތާރީހުން ފެށިގެން އަލަށް ފަށާ، ނުވަތަ ޕްރި-ޓެންޑެރިން މަރުޙަލާގައިވާ އެންމެހައި ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކެވެ.