logo
banner image

"ކައުންސިލް ތަކަށް ދޭ ހިލޭ އެހީ ކަނޑައެޅުމާއި، ކައުންސިލްތަކުގެ ބަޖެޓު ތައްޔާރުކުރުމާއި، ބަޖެޓު ތަންފީޒުކުރުމުގައި އަމަކުރާނެ ގޮތުގެ ގަވައިދު" 12 ވަނަ ބައި

މި ލިއުމުގެ މި ގެނެސްދެނީ، "ކައުންސިލް ތަކަށް ދޭ ހިލޭ އެހީ ކަނޑައެޅުމާއި، ކައުންސިލްތަކުގެ ބަޖެޓު ތައްޔާރުކުރުމާއި، ބަޖެޓު ތަންފީޒުކުރުމުގައި އަމަކުރާނެ ގޮތުގެ ގަވައިދު" އެވެ.

މި ލިއުމުގައި ގެނެސްދޭނީ މި ގަވައިދުގެ މާއްދާތައް ވަކިވަކިންނެވެ.

ކައުންސިލްތަކުން ހިންގާނެ ޕްރޮގްރާމްތަކާއި އެކްޓިވިޓީތައް 12.

(ހ) ކައުންސިލްތަކުގެ މެދުރާސްތާގެ ބަޖެޓުގައި، ކައުންސިލްތަކުގެ ބަޖެޓުން ހިންގާނެ ޕްރޮގްރާމްތަކާއި، ރަށުގެ ތަރައްޤީގެ ޕްލޭނާއި، ފައިނޭންޝަޅް ޕްލޭންގެ ދަށުން ޕްރޮގްރާމްތައް ހިންގުމަށް އިސްކަންދީފައިވާ ތަރުތީބާއި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެދަށުން ކުރަންޖެހޭ ކަންކަމާއި، ހަރަކާތްތަކާއި، ހާސިލްކުރަން ބޭނުންވާ ނަތީޖާ ހިމަނަންވާނެއެވެ.

(ށ) ކައުންސިލްތަކުގެ ތަރަށްޤީގެ ޕްލޭންއާއި ފައިނޭންޝަޅް ޕްލޭންތަކުގައި ހިމަނާފައިވާ ހަރަކާތްތަކުގެ ނަތީޖާ ހާސިލްވާ މިންވަރު ދެނެގަންނާނެ މިންގަނޑުތަކެއް (އިންޑިކޭޓަރ ތަކެއް) ހިމަނަންވާނެއެވެ.

(ނ) އެ އަހަރަކު ހިންގަން ހުށަހަޅާފައިވާ ޕްރޮގްރާމްތަކުގެ ނަތީޖާ ހާސިލްކުރުމަށް މަސައްކަތްކުރާނެ ނިސްބަތް، އަހަރީ ތާގެޓްތަކެއްގެ ގޮތުގައި ހިމަނަންވާނެއެވެ. މިގޮތުން ކޮންމެ ޕްރޮގްްރާމެއްގެ ދަށުން ހިންގާ ސަބް-ޕްރޮގްރާމްތަކާއި ހަރަކާތްތަކާއި އަހަރީ ޓާގެޓްތަކެއް ކަނޑައަޅަންވާނެއެވެ.