"ކައުންސިލް ތަކަށް ދޭ ހިލޭ އެހީ ކަނޑައެޅުމާއި، ކައުންސިލްތަކުގެ ބަޖެޓު ތައްޔާރުކުރުމާއި، ބަޖެޓު ތަންފީޒުކުރުމުގައި އަމަކުރާނެ ގޮތުގެ ގަވައިދު" 11 ވަނަ ބައި
މި ލިއުމުގެ މި ގެނެސްދެނީ، "ކައުންސިލް ތަކަށް ދޭ ހިލޭ އެހީ ކަނޑައެޅުމާއި، ކައުންސިލްތަކުގެ ބަޖެޓު ތައްޔާރުކުރުމާއި، ބަޖެޓު ތަންފީޒުކުރުމުގައި އަމަކުރާނެ ގޮތުގެ ގަވައިދު" އެވެ.
މި ލިއުމުގައި ގެނެސްދޭނީ މި ގަވައިދުގެ މާއްދާތައް ވަކިވަކިންނެވެ.
ކައުންސިލުގެ ބަޖެޓް ފާސްކުރުން 11.
(ހ) ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 93ވަނަ މާއްދާގައިވާ ގޮތުގެ މަތިން ހިނގާ އަހަރަށް ކައުންސިލްގެ ބަޖެޓު ފާސްކުރުމަށްފަހު، ގިނަވެގެން 15 ދުވަހުގެތެރޭގައި އެ ކައުންސިލަކުން މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ ބަޖެޓަކީ، މި ގަވާއިދުގެ 8 ވަނަ މާއްދާއާއި 10ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމެނޭގޮތަށް އެކުަލަވާލާފައިވާ ބެޖެޓަކަށް ވާންވާނެއެވެ.
(ނ) ރަށުގެ ތަރަށްޤީ ޕްލޭނާއި ފައިނޭންޝަލް ޕްލޭނަށް ބަލައި، އެ އަހަރަކަށް ކައުންސިލުން އެކުލަވާލާ މަސައްކަތު ތާވަލާ އެއްގޮތަށް ކައުންސިލުން ބަޖެޓް ފާސްކޮށް ތަންފީޒުކުރަންވާނެއެވެ.
