"ކައުންސިލް ތަކަށް ދޭ ހިލޭ އެހީ ކަނޑައެޅުމާއި، ކައުންސިލްތަކުގެ ބަޖެޓު ތައްޔާރުކުރުމާއި، ބަޖެޓު ތަންފީޒުކުރުމުގައި އަމަކުރާނެ ގޮތުގެ ގަވައިދު" 10 ވަނަ ބައި
މި ލިއުމުގެ މި ގެނެސްދެނީ، "ކައުންސިލް ތަކަށް ދޭ ހިލޭ އެހީ ކަނޑައެޅުމާއި، ކައުންސިލްތަކުގެ ބަޖެޓު ތައްޔާރުކުރުމާއި، ބަޖެޓު ތަންފީޒުކުރުމުގައި އަމަކުރާނެ ގޮތުގެ ގަވައިދު" އެވެ.
މި ލިއުމުގައި ގެނެސްދޭނީ މި ގަވައިދުގެ މާއްދާތައް ވަކިވަކިންނެވެ.
ކައުންސިލްތަކުގެ މެދުރާސްތާގެ ބަޖެޓުގައި ހުންނަންޖެހޭ މަޢުލޫމާތު 10.
(ހ) ކައުންސިލްތަކުގެ މެދުރާސްތާގެ ބަޖެޓުގައި ތިރީގައިވާ މައުލޫމާތު ހިމަނަންވާނެ އެވެ.
(1) ޖުމުލަ ޚަރަދު: ރިކަރަންޓް ހަރަދާއި ކެޕިޓަލް ޚަރަދު (ޖީއެލް ކޯޑުގެ ތަފްސީލް ހިމެނޭ ގޮތަށް)؛
(2) ޖުމުލަ އާމްދަނީ އާއި، ހިލޭ އެހީ (ޖީއެލް ކޯޑުގެ ތަފްސީލް ހިމެނޭ ގޮތަށް)؛
(3) މުވައްޒަފުންނަށް ދޭ މުސާާރައާއި ޢިނާޔަތްތަކުގެ ތަފްސީލް؛
(4) ޕްރޮގްރާމް ފޯމް؛
(5) ރަށު ބަޖެޓް ފޯމް؛
(6) ކައުންސިލްތަކުން ހިންގާ އުމްރާނީ ތަރައްޤީގެ ހުރިހާ މަޝްރޫޢުތަކުގެ ހަރަދު؛
(7) މަރާމާތުކުރުމާއި ހަރުމުދާ ހޯދުމުގެ ޕްލޭން؛
(8) ފައިނޭންސިން ޕްލޭން؛
(ށ) ކައުންސިލްތަކުގެ މެދުރާސްތާގެ ބަޖެޓު މިނިސްޓްރީއަށް ހުށަހަޅާނީ މިނިސްޓްރީން ހުށަހަޅާ ގޮތެއްގެ މަތީންނެވެ.
