logo
banner image

"ކައުންސިލް ތަކަށް ދޭ ހިލޭ އެހީ ކަނޑައެޅުމާއި، ކައުންސިލްތަކުގެ ބަޖެޓު ތައްޔާރުކުރުމާއި، ބަޖެޓު ތަންފީޒުކުރުމުގައި އަމަކުރާނެ ގޮތުގެ ގަވައިދު" 8 ވަނަ ބައި

މި ލިއުމުގެ މި ގެނެސްދެނީ، "ކައުންސިލް ތަކަށް ދޭ ހިލޭ އެހީ ކަނޑައެޅުމާއި، ކައުންސިލްތަކުގެ ބަޖެޓު ތައްޔާރުކުރުމާއި، ބަޖެޓު ތަންފީޒުކުރުމުގައި އަމަކުރާނެ ގޮތުގެ ގަވައިދު" އެވެ.

މި ލިއުމުގައި ގެނެސްދޭނީ މި ގަވައިދުގެ މާއްދާތައް ވަކިވަކިންނެވެ.

ކައުންސިލްތަކުގެ ބަޖެޓުގައި ހިމެނޜ ފަންޑުތަކުގެ ޚުލާޞާ އާއި ބަޖެޓު ކުރާނެ ގޮތް 8.

(ހ) ކައުންސިލްތަކުން ކޮންމެ އަހަރަކުވެސް ތައްޔާރުކުރަންވާނީ މެދުރާސްތާގެ ބަޖެޓެކެވެ.

(ށ) ތިރީގައި ބަޔާންކޮށްފައިވާ ފަންޑުތަކުގެ އާމްދަނީއާއި، ހަރަދާއި ދަރަނި ވަކިން އެނގެން އޮންނަ ގޮތަށް ކައުންސިލްތަކުގެ ބަޖެޓުގައި ހިމަނަންވާނެއެވެ.

(1) ބްލޮކް ގްރާންޓް؛

(2) ކައުންސިލްތަކަށް ލިބޭ އިތުރު އާމްދަނީ؛

(3) ޓްރަސްޓް ފަންޑު:

(4) ކައުންސިލްތަކުން ނަގާ ލޯންތަކާއި ދޫކުރާ ލޯނުތައް؛

(5) ކޮންޑިޝަނަލް ގްރާންޓް؛

(6) އެޑްވާންސް ފަންޑް؛