"ކައުންސިލް ތަކަށް ދޭ ހިލޭ އެހީ ކަނޑައެޅުމާއި، ކައުންސިލްތަކުގެ ބަޖެޓު ތައްޔާރުކުރުމާއި، ބަޖެޓު ތަންފީޒުކުރުމުގައި އަމަކުރާނެ ގޮތުގެ ގަވައިދު" 7 ވަނަ ބައި
މި ލިއުމުގެ މި ގެނެސްދެނީ، "ކައުންސިލް ތަކަށް ދޭ ހިލޭ އެހީ ކަނޑައެޅުމާއި، ކައުންސިލްތަކުގެ ބަޖެޓު ތައްޔާރުކުރުމާއި، ބަޖެޓު ތަންފީޒުކުރުމުގައި އަމަކުރާނެ ގޮތުގެ ގަވައިދު" އެވެ.
މި ލިއުމުގައި ގެނެސްދޭނީ މި ގަވައިދުގެ މާއްދާތައް ވަކިވަކިންނެވެ.
ކައުންސިލްތަކުގެ އަންދާޒާ ބަޖެޓު ތައްޔާރުކޮށް ހުށަހެޅުން 7.
(ހ) ކައުންސިލްތަކުގެ މެދުރާސްތާ ސިޔާސަތުތައް އެކުލަވާލައި، ކައުންސިލަށް ލިބޭ އާމްދަނީ ރަށުގެ ނުވަތަ ސިޓީގެ ނުވަތަ އަތޮޅުގެ، ރައްޔިތުންނަށް ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ދެމެހެއްޓެނިވި މިންގަނޑެއްގައި ކައުންސިލަށް ލިބޭ އާމްދަނީ ޚަރަދުތައް ހަމަޖައްސަންވާނެއެވެ. މިގޮތުން ކައުންސިލަށް ލިބޭ އާމްދަނީއަށް ބަލައި ފުދުންތެރި މިންގަނޑެއްގެ ތެރެއިން ޚަރަދުތައް ހިފެހެއްޓުމަށް ނުވަތަ އަރަނި ބަޖެޓަކަށް ވާސިލްވުމަށް ކައުންސލްތަކުން މަސައްކަތްކުރަންވާނެއެވެ.
(ށ) ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކުން މެދު ރާސްތާގެ ބަޖެޓު ތައްޔާރުކޮށް ކޮންމެ އަހަރެއްގެ އޮގަސްޓް 31 (އެއްތިރީސް) ވަނަ ދުވަހުގެ ކުރިން މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ރިޢާޔަތްކޮށްފައިވާ ބަޖެޓުގައި، މެދު ރާސްތާގައި ކައުންސިލްތަކަށް ލިބޭނެކަމަށް އަންދާޒާކުރާ އާމްދަނީގެ ތަފްސީލް ހިމަނަންވާނެއެވެ.
(ރ) ކައުންސިލްތަކުން ހިންގާ މަޝްރޫޢުތަކަށް ފައިނޭންސް ހަމަޖެއްސުމާއި، ކައުންސިލްގެ ޚަރަދުތައް ކައުންސިލްގެ އާމްދަނީން ދެކޮޅުޖެއްސުމުގެ ސިޔާސަތުތައް އެކުލަވާލައިގެން އެ ސިޔާސަތު ތަންފީޛު ކުރުމުގައި ޖަވާބުދާރީ ވާނީ، ކައުންސިލްގެ ރައީސް އާއި ސެކްޓްރީ ޖެނެރަލްއެވެ.
(ބ) ކައުންސިލްޔަކުގެ ބަޖެޓު ޑެފިސިޓްވާނެ ކަމަށް އަންދާޒާ ކުރެވޭނަމަ، އެ ކައުންސިލްތަކުން ތައްޔާރުޮށްގެން ހުށަހަޅާ އަންދާޒާ ބަޖެޓުގައި، ބަޖެޓް ފައިނޭންސިން ޕްލޭން ހިމަނަންވާނެއެވެ.
(ޅ) ދަރަންޏަށް ފައިސާ ނުނަގައި ކައުންސިލަކުން ޑެފިސިޓް ބަޖެޓެއް ހިންގާނަމަ، އެ އަހަރަކަށް ލަފާކުރާ ޖުމްލަ އާމްދަނީއާއި އެ ކައުންސިލެއްގެ ބޭންކް އެކައުންޓްތަކުގެ ބެލެންސަށްވުރެ، ހުށަހަޅާ ބަޖެޓް އިތުރުވެގެން ނުވާނެއެވެ.
(ކ) މި މާާއްދާނެ (ބ) ގައި ބަޔާންކޮށްފައިވާ ޕްލޭންގައި ދަރަނި ނަގައިގެން ބަޖެޓް ފައިނޭންސް ކުރަން ހުށަހަޅާނަމަ، އެ ޕްލޭންގައި ދަރަނި ނެގުމަށް ހުށަހަޅަންވާނީ، މިނިސްޓަރ އޮފް ފިނޭންސްގެ ހުއްދަ ލިއުމުން، ލިބިގެންނެވެ.
(އ) ކައުންސިލްތަކުން ދަރަންޏެއް ނެގުމުގައި، ޤާނޫނު ނަންބަރ 7/2013 (ދަައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނު) އާއި ޤާނޫނު ނަންބަރ 3/2006 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) އާއި އެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ދައުލަތުގެ މާލިއްޔަތުގެ ގަވައިދުގައި ބަޔާންކޮށްފައިވާ އިޖުރާއަތުތައް ފުރިހަމަ ކުރަން ވާނެއެވެ.
