logo
banner image

"ކައުންސިލް ތަކަށް ދޭ ހިލޭ އެހީ ކަނޑައެޅުމާއި، ކައުންސިލްތަކުގެ ބަޖެޓު ތައްޔާރުކުރުމާއި، ބަޖެޓު ތަންފީޒުކުރުމުގައި އަމަކުރާނެ ގޮތުގެ ގަވައިދު" 6 ވަނަ ބައި

މި ލިއުމުގެ މި ގެނެސްދެނީ، "ކައުންސިލް ތަކަށް ދޭ ހިލޭ އެހީ ކަނޑައެޅުމާއި، ކައުންސިލްތަކުގެ ބަޖެޓު ތައްޔާރުކުރުމާއި، ބަޖެޓު ތަންފީޒުކުރުމުގައި އަމަކުރާނެ ގޮތުގެ ގަވައިދު" އެވެ.

މި ލިއުމުގައި ގެނެސްދޭނީ މި ގަވައިދުގެ މާއްދާތައް ވަކިވަކިންނެވެ.

ކައުންސިލްތަކުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއަށް ދޭ މާލީ އެހީ 6.

(ހ) ކައުންސިލްތަކަށް ބްލޮކް ގްރާންޓްގެ ގޮތުގައި ލިބޭ ފައިސާ، ކައުންސިލްތަކާއި ހަވާލުވާ ތާރީހުން ފެށިގެން ގިނަވެގެން 30 (ތިރީސް) ދުވަހެގެ ތެރޭގައި އެފައިސާގެ ޖުމްލަ މަދުވެގެން %5 (ފަހެއް އިންސައްތަ) އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މަސްއޫލިއްޔަތުތައް ތަންފީޒު ކުރުމަށްޓަކައި އެ ކޮމެޓީއާއި ހަވާލުކުރަންވާނެއެވެ. އަދި ކައުންސިލްތަކުން އެ ފައިސާ އެކައުންސިލެއްގެ ބަޖެޓުގައި ހިމަނަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކައުންސިލްތަކުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއަށް ދޭ ފައިސާގެ ތެރޭގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުންނަށް ދޭ އުޖޫރަ ހިމެނެއެވެ.

(ނ) އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުންނަށް ދޭ އުޖޫރައިގެ އިތުރުން، މި މާއްދާގެ (ހ) ގެ ދަށުން ކައުންސިލްތަކުން ދޭ ފައިސާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއަށް ހަރަދަކުރެވޭނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުމަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 7-56 ވަނަ މައްދާގައި ބަޔާންކޮށްފައިވާ ކޮމެޓީގެ މަސްއޫލިއްޔަތު އަދާކުރުމަށެވެ.

(ރ) އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އުޖޫރައާއި އެ ކޮމެޓީގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ހިނގާ ހަރަދު މި މާއްދާގެ (ހ) ގެ ދަށުން ކައުންސިލްތަކުން ދޭ ހިލޭ އެހީގެ ދަށުން ހަމަނުޖެއްސޭނަމަ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ހަރަދު ހަމަޖެއްސޭ މިންވަރަށް އެ ދޭ ހިލޭ އެހީގެ މިންވަރު ކައުންސިލްގެ ބަޖެެޓުގެ ތެރެއިން އިތުރުކުރަންވާނެއެވެ.

(ބ) އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ކޮންމެ އަހަރެއް ނިމުމުން، އެ އަހަރެއްގެ އަހަރީ ރިޕޯޓް ކައުންސިލަށް ހުށަހަޅައި އާއްމުކުރަންވާނެއެވެ.