ކްރޮއޭޝިއާ ގެ ޚާރިޖީ ވަޒީރަށް އެ ޤައުމުގެ ސްޓޭޓްހުޑް ދުވަހުގެ ތަހުނިޔާގެ މެސެޖު ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ފޮނުއްވައިފި
ކްރޮއޭޝިއާ ގެ ސްޓޭޓްހުޑް ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ މިނިސްޓަރ އޮފް ފޮރިން އެންޑް ޔޫރަޕިއަން އެފެއާޒް، ހިޒް އެކްސަލަންސީ ގޯޑަން ގްރިލިޗް ރަޑްމަން އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، އަލްފާޟިލާ އިރުތިޝާމް އާދަމް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ވަޒީރުގެ މެސެޖު ތިރީގައި މިވަނީއެވެ.
"ދިވެހި ސަރުކާރާާއި ދިވެހި ރައްޔިތުންގެ ނަމުގައި، އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި މަނިކުފާނާއި ކްރޮއޭޝިއާ ގެ ސަރުކާާރަށާއި ރައްޔިތުންނަށް ކްރޮއޭޝިއާ ގެ ސްޓޭޓްހުޑް ދުވަހުގެ އުފާވެރި މުނާަސަބަތުގައި ތަހުނިޔާ އަރިސްކުރަމެވެ.
އަދި މި ފުރުޞަތުގައި ދިވެހިރާއްޖެ އާއި ކްރޮއޭޝިއާ އާ ދެމެދު އޮންނަ ގުުޅުން ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ހަރުދަނާ ކުރުމަށްޓަކައި މަނިކުފާނާ ގުޅިގެން މަސައްކަތް ކުރުމަށް އަޅުގަނޑު ތައްޔާރަށް ހުރިކަމުގެ ޔަޤީންކަން އަރުވަމެވެ.
އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުޞަތުގެ ބޭނުންކުރީމެވެ."
