ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް، ނޭޕާލް ގެ ޚާރިޖީ ވަޒީރު އަށް އެ ޤައުމުގެޖުމްހޫރީ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި
ނޭޕާލްގެ ޖުމްހުރީ ދުވަހުގެ މުނާސަބަތުގައި ނޭޕާލްގެ ޚާރިޖީ ވަޒީރު އޮނަރަބަލް ޝިސިރް ކަނާލް އަށް ތަހުނިޔާ ވިދާޅުވެ ޚާރިޖީ ވަޒީރު އިރުތިޝާމް އާދާމް އެމަނިކުފާނަށް ސިޓީފުޅެއް ފޮނުއްވައިފިއެވެ
ދިވެހިރާއްޖެއާއި ނޭޕާލާ ދެމެދު އޮތް ޒަމާންވީ ގުޅުމަކީ، އިޙްތިރާމާއި ސަރަޙައްދީ ކުރިއެރުމާއި އަމަންއަމާންކަން ދެމެހެއްޓުމާއި ގުޅޭގޮތުން ދެޤައުމުން ގެންގުޅޭ އެއްގޮތް ސިޔާސަތުގެ މައްޗަށް ބިނާވެފައިވާ ވަރަށް ޚާއްސަ ގުޅުމެއްކަން ވަޒީރުގެ މެސެޖުގައި ވަނީ ފާހަގަކުރައްވާފައެވެ.
އަދި ޚާރިޖީ ވަޒީރުގެ މެސެޖުގައި ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މައިދާންތަކުގައި، ދެ ޤައުމުން ގުޅިގެން ކުރަމުންދާ މަސައްކަތްތައް އިތުރުކޮށް ބަދަހިކުރުމަކީ މުހިއްމުކަމެއްކަމުގައި ވަނީ ފާހަގަކޮށްފައެވެ.
މިގޮތުން، ޚާއްސަކޮށް ސައުތު އޭޝިއަން އެސޯސިއޭޝަން ފޮރ ރީޖަނަލް ކޯޕަރޭޝަން (ސާރކް) ގެ
މެންބަރު ޤައުމުތަކުގެ ހައިސިއްޔަތުން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވާފައިވެއެވެ.
މެސެޖު ނިންމަވާލައްވަމުން، އެކަމަނާ ވަނީ ނޭޕާލުގެ ޚާރިޖީ ވަޒީރަށް ދުޅަހެޔޮ ޞިއްޙަތަކަށް އެދިވަޑައިގަންނަވާކަމަށާއި، އަދި ނޭޕާލް
އަށް އިތުރު ކުރިއެރުމާއި އުފާ ފާގަތިކަން ލިބުމަށް އެދިވަޑައިގަންނަވާކަމަށް ވިދާޅުވެފައެވެ.
