ޑެންމާކް ގެ ރަސްގެފާނުގެ އުފަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި
ޑެންމާކް ގެ ރަސްގެފާނުގެ އުފަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރު ހިޒް އެކްސަލަންސީ ލާސް ލޫކެ ރަސްމުސެން އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، އަލްފާޟިލާ އިރުތިޝާމް އާދަމް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ވަޒީރުގެ މެސެޖު ތިރީގައި މިވަނީއެވެ.
"ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންނާއި އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި، ޑެންމާކް ގެ ރަސްގެފާނު ހިޒް މެޖެސްޓީ ކިންގް ފްރެޑެރިކް ދަ ޓެންތް ގެ އުފަން ދުވަހުގެ އުފާވެރި މުނާސަބަތުގައި މަނިކުފާނަށާއި ޑެންމާކް ސަރުކާރަށާއި، ރައްޔިތުންނަށް ތަހުނިޔާ އަރިސް ކުރަމެވެ.
ދިވެހިރާއްޖެ އާއި ޑެންމާކް އާ ދެމެދު އޮންނަ ރަޙްމަތްތެރިކަމުގެ ގުޅުމާއި އެއްބާރުލުން މަނިކުފާނާއި އެކު ގާތުން މަސައްކަތްކޮށް، އިތުރަށް ހަރުދަނާ ކުރެވޭނޭކަމުގެ ޔަޤީންކަން އަޅުގަނޑަށް އެބައޮތެވެ.
އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުސަތުގެ ބޭނުންކުރީމެވެ."
