އާރޖެންޓީން ރިޕަބްލިކްގެ ޚާރިޖީ ވަޒީރަށް އެ ޤައުމުގެ މިނިވަން ދުވަހުގެ ތަހުނިޔާގެ މެސެޖް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ފޮނުއްވައިފި
އާރޖެންޓީން ރިޕަބްލިކްގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރު، ހިޒް އެކްސަލަންސީ ޕާބްލޯ ކީރްނޯ އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، އަލްފާޟިލާ އިރުތިޝާމް އާދަމް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ވަޒީރުގެ މެސެޖު ތިރީގައި މިވަނީއެވެ.
"ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި މަނިކުފާނަށާއި އާރޖެންޓީން ރިޕަބްލިކްގެ ސަރުކާރަށާއި ރައްޔިތުންނަށް، އާރޖެންޓީން ރިޕަބްލިކްގެ މިނިވަން ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރަމެވެ.
އަޅުގަނޑުގެ އުއްމީދަކީ ދިވެހިރާއްޖެ އާއި އާރޖެންޓީން ރިޕަބްލިކް އާ ދެމެދު އޮތް ގުޅުން ކުރިއަށް އޮތް އަހަރު ތަކުގައި އިތުރަށް ބަދަހިކުރުމަށް މަނިކުފާނާއެކު މަސައްކަތް ކުރުމެވެ.
އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުޞަތުގެ ބޭނުންކުރީމެވެ."
