ގައިދީން ބައިތިއްބާނެ އައު ޔުނިޓެއް ކޮވިޑު ފެސިލިޓީގައި ހުޅުވައިފި
ހުޅުމާލެ ޖަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކާ ކުރާ މަސައްކަތުގެ ދަށުން ގައިދީން ބައިތިއްބާނެ އައު ޔުނިޓެއް ހުޅުވައިފިއެވެ.
މި ޔުނިޓު ހުޅުވާފައިވަނީ ކޮވިޑް ފެސިލިޓީ ހުރި ބިމުގައި އަލަށް ބިނާކުރާ 2 ފަންގިފިލާގެ އިމާރާތުގައެވެ.
ހުޅުމާލެ ޕޮލޮޓް ނަންބަރ 10623ގައި ދެ ފަންގިފިލާއަށް ޢިމާރާތްކުރަނީ 140 މީހުންގެ ޖާގައިގެ ތަނެކެވެ. މި ޖަލު ޔުނިޓްގެ 5 ސެލް ބްލޮކްގެ ތެރެއިން، ފުރަތަމަ ސެލް ބޮލޮކްގެ ހުރިހާ މަސައްކަތްތަކެއް ނިންމައި، ފުރަތަމަ ބެޗްގެ 16 ޤައިދީން އިއްޔެ އެ ޔުނިޓަށް ވަނީ ބަދަލުކޮށްފައެވެ.
މިއީ ޙުކުމް ތަންފީޛުކުރާ ޤައިދީންގެ ތެރެއިން، ފަންނީ މަސައްކަތުގައި މާލޭ އޭރިއާގައި އުޅޭ ޤައިދީން ބޭތިއްބުމަށް، ހޯލްޑިންގ ސެލްތައް އެކުލެވޭ ގޮތަށް AC އާއެކު ބިނާކުރެވޭ ޔުނިޓެކެވެ.
އަދި މި މަސައްކަތުގެ ގްރައުންޑް ފޮލޯރގެ ހުރިހާ މަސައްކަތެއް ޖޫން މަހުގެ ތެރޭގައި ނިންމާލެވެމުން، ކޯޓްތަކަށާއި، މެޑިކަލް އަށް މާލެ ގެންނަންޖެހޭ މީހުން ގެނެސް ބޭއްތިއްބުމަށް ބޮޑު ލުއިކަމެއްލިބި، ކުރަންޖެހޭ ދަތުރުފަތުރުގެ ޚަރަދުތައް ކުޑަވެގެންދާނެ ކަމަށް ކަރެކްޝަނުން މައުލޫމާތުދެއްވައެވެ.

މިހާރު ކަރެކްޝަންސް އިން މި ޚިދުމަތް ދެމުން ގެންދަނީ ޖާގައިގެ އަދި ލޮޖިސްޓިކްސްގެ ދަތިކަމާއި، މޫސުމީ ދަތިތަކާއެކު އޮފިސަރުންގެ ރިސްކް ބޮޑު ބުރަ މަސައްކަތާއެކުގައެވެ.
މި މަސައްކަތާއި ގުޅޭގޮތުން ހުޅުމާލެ ޖަލުގެ ޑައިރެކްޓަރ، ޑީއެސްޕީ އަޙްމަދު ޖާދުﷲ ވިދާޅުވީ، މާލޭ ޖަލު ބަންދުކުރުމާ ގުޅިގެން ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން ގައިދީން ބައިތިއްބުމަށް ޖާގަ އިތުރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ޔުނިޓް 6 ތަރައްގީ ކުރަނީ ޖުމްލަ 5 ގޮޅީގެ މައްޗަށެވެ. މި މަސައްކަތް އެއްކޮށް ނިމުމުން 140 ޖާގަ އިތުރުވާނެ ކަމަށާއި، މުޅި މަސައްކަތް މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
-1779632334176.webp)