logo
banner image
ޚާރިޖީ ވުޒާރާ

ސްރީލަންކާއަށް ދަތުރުކުރާ ދިވެހިންގެ ސަމާލުކަމަށް

ސްރީލަންކާއަށް ޒިޔާރަތްކުރާ ދަތުރުވެރިން އެ ޤައުމަށް  އެތެރެވުމުގެ ކުރިން "އިލެކްޓްރޯނިކް ޓްރެވަލް އޮތޮރައިޒޭޝަން (ETA)" އެއް ހޯދަންޖެހޭ ގޮތަށް ކަނޑައަޅައި ސްރީލަންކާ ގެ ވަޒީރުންގެ މަޖިލީހުން ނިންމުމާ ގުޅިގެން މި ހިނގާ މޭ މަހުގެ  25 އިން ފެށިގެން ސްރީލަންކާއަށް ދަތުރުކުރާ ދިވެހިން ވެސް ސްރީލަންކާއަށް  އެތެރެވުމުގެ ކުރިން “ETA” ހޯދަންޖެހޭ ގޮތަށް ސްރީލަންކާ ގެ އިމިގްރޭޝަނުން ވަނީ ހަމަޖައްސާފައެވެ. މިގޮތުން، ސްރީލަންކާއަށް ޒިޔާރަތްކުރާ ކޮންމެ ދަތުރުވެރިޔަކު ތިރީގައި މިވާ ލިންކް މެދުވެރިކޮށް، ދަތުރު ކުރުމުގެ ކުރިން މި ފޯމް ފުރިހަމަ ކުރަން ޖެހެއެވެ.

https://eta.gov.lk/slvisa 

އިލެކްޓްރޯނިކް ޓްރެވަލް އޮތޮރައިޒޭޝަން ހޯދަން ޖެހުމުގެ ސަބަބުން، ސްރީލަންކާއިން ދިވެހިންނަށް ވިސާ ދިނުމަށް ހަމަޖެހިފައިވާ ސިޔާސަތަކަށް އެއްވެސް ބަދަލެއްއައިސްފައިނުވެއެވެ. އެހެންކަމުން، ކުރިން ހަމަޖެހިފައިވާ ގޮތަށް ދިވެހިންނަށް ޓޫރިސްޓް ވިސާ އެއްވެސް ފީއަކާ ނުލައި (90 ދުވަސް) ލިބޭނެއެވެ. ސްރީލަންކާގެ އިލެކްޓްރޯނިކް ޓްރެވަލް އޮތޮރައިޒޭޝަން (އީ.ޓީ.އޭ) އާ ގުޅޭ އުސޫލަށް ގެނައި ބަދަލާ ގުޅިގެން، ދިވެހި ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށްޓަކައި ދިވެހި ސަރުކާރުން ސްރީލަންކާ ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުންނެވެ.

ވީމާ، ސްރީލަންކާއަށް ޒިޔާރަތް ކުރާ ދިވެހީން، އެ ޤައުމަށް ދަތުރުކުރުމުގެ ކުރިން ސްރީލަންކާ ގެ "އިލެކްޓްރޯނިކް ޓްރެވަލް އޮތޮރައިޒޭޝަން (ETA)” ފޯމް ފުރުމަށް އިލްތިމާސް ކުރަމެވެ.