logo
banner image

ވަރލްޑް ހެލްތު އެސެމްބްލީގައި ބައިވެރިވެ ވަޑައިގަތުމަށްފަހު މިނިސްޓަރ މާލެ ވަޑައިގެންފި

މެއިމަހުގެ 18 އިން 23 އަށް ސްވިޒަރލޭންޑުގެ ޖެނީވާގައި ކުރިއަށްދާ ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ 79 ވަނަ ވަރލްޑް ހެލްތު އެސެމްބްލީގައި ބައިވެރިވެ ވަޑައިގަތުމަށްފަހު މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ ޤީލާ ޢަލީ މިއަދު މާލެ ވަޑައިގެންފިއެވެ.

ޖުމުލަ 194 ޤައުމަކުން ބައިވެރިވި މި ބައްދަލުވުމުގައި މި އަހަރަށް ކަނޑައަޅާފައިވާ މަޢުޟޫއު "ރީޝޭޕިންގް ގްލޯބަލް ހެލްތް: އަ ޝެއަރޑް ރެސްޕޯންސިބިލިޓީ" އަށް މިނިސްޓަރ ޤީލާ ތަޤުރީރުކުރެއްވިއެވެ. މި ބައްދަލުވުމުގެ އާންމު ބަހުސްގައި އެވޯޑު ލިބިފައިވާ ޤައުމުތަކުގެ ތެރެއިން މައިމީހާގެ ފަރާތުން ދަރިފުޅަށް އެޗް.އައި.ވީ، ހެޕަޓައިޓިސް ބީ އަދި ސިފިލިސް ޖެހުން ނައްތާލެވިފައިވާކަމުގެ އެވޯޑު ދިވެހިރާއްޖެއަށް ވަނީ ލިބިފައެވެ. އަދި ދިވެހިރާއްޖެއަކީ މި ޝަރަފު ޙާސިލު ކޮށްފައިވާ ފުރަތަމަ ޤައުމުކަންވެސް ފާހަގަ ކޮށްލެވެއެވެ.

މީގެ އިތުރުން ދޭދޭ ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށާއި ރާއްޖޭގެ ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ޤައުމުތަކާއި އެހީދޭ ޖަމިއްޔާތަކުގެ އެހީތެރިކަން ހޯދިދާނެ ދާއިރާތަކާއިގުޅޭގޮތުން މަޝްވަރާކުރުމަށް ބައެއް ޤައުމުތަކާއިއެކު ދިވެހިރާއްޖެއިން ބައްދަލުވުންތައް ބާއްވާފައިވެއެވެ. އެގޮތުން، ބަންގްލަދޭޝް، ނޭޕާލް އަދި އިޓަލީއިން ބައިވެރިވެވަޑައިގެންނެވި ވަފުދާއިއެކު ދިވެހިރާއްޖެއިން ވަނީ ބައްދަލުވުންތައް ބާއްވާފައެވެ.

މީގެ އިތުރުން، ނަފްސާނީ ސިއްހަތާއި ބެހޭ ޤާނުނުތަކާއި ނިޒާމްތައް ހަރުދަނާ ކުރުމަށް ދިވެހިރާއްޖެއަށް ކުރެވިދާނެ ކަންކަމާއި ބެހޭގޮތުން މަޝްވަރާކުރުމަށް ޔުނައިޓަޑް ފޯ ގްލޯބަލް މެންޓަލް ހެލްތުގެ ޕޮލިސީ އެޑްވައިޒަރ އަލީ ހަސްނައިން އާއި މިނިސްޓްރީގެ އިސް ބޭފުޅުން ވަނީ ބައްދަލުކުރައްވާފައެވެ.

ހަމަ އެއާއިއެކު، ވާރލްޑް ހެލްތު އެސެމްބްލީގެ ހަވާސާގައި، މިނިސްޓަރ ޤީލާ ޞިއްޙީ ދާއިރާ ކުރިއެރުވުމަށް އެހީތެރިކަން ހޯދިދާނެ ދާއިރާތަކާއި ގުޅޭގޮތުން ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ ދެކުނު އިރުމަތީ އޭޝިއާގެ އޮފިސަރ އިން ޗާރޖް ޑރ. ކަތަރީނާއާއި ބައްދަލުކުރައްވާ މަޝްވަރާ ކުރައްވާފައިވެއެވެ. މި ބައްދަލުވުމުގައި ނަފްސާނީ ދުޅަހެޔޮކަމާއި ޓީބީ އަށް ދެވޭ ފަރުވާ ކުރިއެރުވޭނޭ ގޮތްތަކާއި ދިވެހިރާއްޖެއަށް ބެސް އެތެރެކުރުމުގެ ރެގިއުލޭޓަރީ ނިޒާމް ހަރުދަނާ ކުރުމަށް ދިވެހިރާއްޖެއިން އެހީތެރިކަން ބޭނުންވާ ކަންތައްތަކާއި ބެހޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

އަދި ކުރީ އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުގެ އެސެމްބްލީގާ ބޭއްވުނު ސައިޑް އިވެންޓް ތަކުގައި ދިވެހިރާއްޖޭގެ ވަފުދުގެ ބޭފުޅުން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. އެގޮތުން މޮލްޓާއިން ބޭއްވި އަދި ދިވެހިރާއްޖެއިން ކޯހޯސްޓް ކުރި "އެޑްވާންސިންގް ކޮމްޕްލެކްސް ކެއަރ އިން އަ ޑިޖިޓަލް އީރާ ފޯ ސްމޯލް ސްޓޭޓްސް" ސައިޑް އިވެންޓް އަދި ނޫރާ ހެލްތް އާއި އިންޑޮނޭޝިޔާއިން ބޭއްވި "ތްރެޑްސް އޮފް ކެއަރ" ސައިޑް އިވެންޓްގައި މިނިސްޓަރ ޤީލާގެ އިތުރުން މިނިސްޓްރީގެ އިސްބޭފުޅުން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.