logo
banner image

"ކައުންސިލް ތަކަށް ދޭ ހިލޭ އެހީ ކަނޑައެޅުމާއި، ކައުންސިލްތަކުގެ ބަޖެޓު ތައްޔާރުކުރުމާއި، ބަޖެޓު ތަންފީޒުކުރުމުގައި އަމަކުރާނެ ގޮތުގެ ގަވައިދު" 3 ވަނަ ބައި

މި ލިއުމުގެ މި ގެނެސްދެނީ، "ކައުންސިލް ތަކަށް ދޭ ހިލޭ އެހީ ކަނޑައެޅުމާއި، ކައުންސިލްތަކުގެ ބަޖެޓު ތައްޔާރުކުރުމާއި، ބަޖެޓު ތަންފީޒުކުރުމުގައި އަމަކުރާނެ ގޮތުގެ ގަވައިދު" އެވެ.

މި ލިއުމުގައި ގެނެސްދޭނީ މި ގަވައިދުގެ މާއްދާތައް ވަކިވަކިންނެވެ.

ކައުންސިލްތަކަށް ލިބޭ އާމްދަނީ 5.

(ހ) ކައުންސިލް ނިސްބަތްވާ އިދާރީ ދާއިރާއަށް ދައުލަތުގެ އޮފީހަކުން ފޯރުކޮށްދޭ ޚިދުމަތެއް ކައުންސިލަކުން ފޯރުކޮށްދޭ ޚިދުމަތެއްގެ ގޮތުގައި ހަމަޖެއްސުމަށް ނިންމާފައިވާނަމަ، އެ ޚިދުމަތްތަކަށް ނަގާ ފީ ތަކަކީ އެ ކައުންސިލަކަށް ލިބޭ އާމްދަނީއެވެ.

(ށ) ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 75ވަަނަ މާއްދާގެދަށުން ކައުންސިލްތަކުން ދޭ ޚިދުމަތަކާއި ގުޅިގެން ނަގާ ކުއްޔާއި ފީ އަކީ ކައުންސިލްތަކަށް ލިބޭ އާމްދަނީއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ލިބޭ އާމްދަނީ އާއި، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 76 ވަަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ލިބޭ އާމްދަނީ ނޫން އެހެން އާމްދަނީ ކައުންސިލްތަކުގެ އާމްދަނީގެ ތެރެއަކު ނުހިމެނޭނެއެވެ.