"ކައުންސިލް ތަކަށް ދޭ ހިލޭ އެހީ ކަނޑައެޅުމާއި، ކައުންސިލްތަކުގެ ބަޖެޓު ތައްޔާރުކުރުމާއި، ބަޖެޓު ތަންފީޒުކުރުމުގައި އަމަކުރާނެ ގޮތުގެ ގަވައިދު" 4 ވަނަ ބައި
މި ލިއުމުގެ މި ގެނެސްދެނީ، "ކައުންސިލް ތަކަށް ދޭ ހިލޭ އެހީ ކަނޑައެޅުމާއި، ކައުންސިލްތަކުގެ ބަޖެޓު ތައްޔާރުކުރުމާއި، ބަޖެޓު ތަންފީޒުކުރުމުގައި އަމަކުރާނެ ގޮތުގެ ގަވައިދު" އެވެ.
މި ލިއުމުގައި ގެނެސްދޭނީ މި ގަވައިދުގެ މާއްދާތައް ވަކިވަކިންނެވެ.
ބްލޮކް ގްރާންޓް ކައުންސިލްތަކަށް ބަހާގޮތް ކަނޑައެޅުން 4.
(ހ) މި ގަވައިދުގެ 3 ވަނަ މާއްދާގައިވާ ގޮތުގެމަތީން ކައުންސިލްތަކަށް ބަހާ ބްލޮކް ގްރާންޓްގެ މިންވަރު ބިނާކުރާނީ އަންނަނިވި ކަންތައްތަކުގެ މައްޗަށެވެ.
(1) ބްލޮކް ގްރާންޓް ރަށުކައުންސިލް ތަކަށާއި، އަތޮޅު ކައުންސިލްތަކަށާއި، ސިޓީ ކައުންސިލްތަކަށް ބަހަން ކަނޑައަޅާ ނިސްބަތްތައް؛
(2) އިކުލައިޒޭޝަން އެލޮކޭޝަން؛
(3) ވަކިވަކި ކައުންސިލްތަކަށް ބްލޮކް ގްރާންޓް ބެހުމުގައި ފިސްކަލް ފޯމިއުލާއިން ކަނޑައަޅާ ކަންތައްތައް؛
(ށ) މި މާއްދާގެ (ހ) 1 ވަނަ ނަންބަރުގެ ދަށުން ކައުންސިލްތަކަށްދޭ ބްލޮކް ގްރާންޓްގެ މިންވަރުގެ ތެރެއިން ރަށުކައުންސިލްތަކަށާއި، އަތޮޅު ކައުންސިލްތައް، އަދި ސިޓީ ކައުންސިލްތަކަށް ބަހާނެ ނިސްބަތްތައް ކަނޑައަޅާނީ އެ އަހަރުގެ ބަޖެޓު ތައްޔާރުކުުރުމުގެ މަރުހަލާގެ ތެރެއިން މިނިސްޓްރީންނެވެ.
(ނ) މި މާއްދާގެ ހ. ގެ ދެވަނަ ނަންބަރުގެ ދަށުން، އެއްވެސް ކައުންސިލަކަށް ލިބޭ ބްލޮކް ގްރާންޓްގެ ފައިސާ އެކަށީގެންވާ މިންވަރަށްވުރެ މަދުވިޔަ ނުދީ ހިފެހެއްޓުމަށްޓަކައި، ބްލޮކް ގްރާންޓްގެ ތެރެއިން އިކްލައިޒޭޝަން އެލޮކޭޝަނެއްގެ ގޮތުގައި ރަށުކައުންސިލްތަކަށާއި، އަތޮޅު ކައުންސިލްތައް، އަދި ސިޓީ ކައުންސިލްތަކަށް ބަހާނެ ނިސްބަތްތައް ކަނޑައަޅާނީ އެ އަހަރުގެ ބަޖެޓު ތައްޔާރުކުުރުމުގެ މަރުހަލާގެ ތެރެއިން މިނިސްޓްރީންނެވެ.
(ރ) މި މާއްދާގެ (ހ) (3) ވަނަ ނަންބަރުގެ ދަށުން، ވަކިވަކި ކައުންސިލްތަކަށްދޭ ބްލޮކް ގްރާންޓްގެ މިންވަރު ކަނޑައަޅުމުގައި ބަލާ މިންގަނޑު ބިނާކުރާނީ، އަންނަނިވި ކަންތައްތަކުގެ މައްޗަށެވެ.
(1) ރަށުގެ އާބާދީ، (އަތޮޅު ކައުންސިލެއްނަމަ، އަތޮޅުގެ އާބާދީ)
(2) ބިމުގެ ސަރަހައްދު (އަތޮޅު ކައުންސިލެއްނަމަ، އަތޮޅުގައި މީހުން ދިރިއުޅޭ ރަށްރަށުގެ ބިމުގެ ސަރަހައްދުގެ ޖުމްލަ)؛
(3) އަތޮޅު ވެރިކަންކުރާ ރަށާއި ހުރި ދުރުމިން (އަތޮޅު ކައުންސިލެއްނަމަ، އަތޮޅުގެ ވަކިވަކި ރަށްރަށާއި، ވެރިކަންކުރާ ރަށާއި ދެމެދު ހުރި ދުރުމިނުގެ ޖުމުލަ)؛
(4) މާލެއާ ހުރި ދުރުމިން؛
(5) ލޯކަލް ގަވަމެންޓް އޮތޯރިޓީން ވަޒަންކޮށް ކައުންސިލްތަކުގެ ޕާފޯމަންސަށް ދޭ ސްކޯރ؛
(ބ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކައުންސިލްތަކަށް ބަހާ ބްލޮކް ގްރާންޓްގެ މިންވަރު ބިނާކުރާ ކަންކަމުގެ ނިސްބަތާއި އިސްކަންދޭ މިންވަރު ނުވަތަ ބުރަދަން (ވެއިޓޭޖް) އެ އަހަރެއްގެ ބަޖެޓާއެކު މިނިސްޓްރީން އާއްމުކުރަންްވާނެއެވެ.
