ޔޫ.އޭ.އީ އެމްބަސީގައި ހުންނަވާ ޝާޒޭ ދަފެއަރ ދިފާޢީ ވަޒީރުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި
ދިވެހިރާއްޖޭގައި ހުންނަ ޔުނިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ) އެމްބަސީގައި ހުންނަވާ ޝާޒޭ ދަފެއަރ މިސް. ހިބާ އަލްޖުނައިބީ، ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މިއަދު ބަންޑާރަކޮށީގައި ބޭއްވެވި މި ބައްދަލުވުމުގައި، ދެ ބޭފުޅުން މަޝްވަރާކުރެއްވީ، ދެ ޤައުމުގެ ދެމެދުގައި ދިފާޢީ ދާއިރާއިން އެއްބާރުލުން އިތުރު ކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުންނެވެ. އަދި މެދުއިރުމަތީގެ މިހާރުގެ ޙާލަތާ ގުޅޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.
