logo
banner image

"ކައުންސިލް ތަކަށް ދޭ ހިލޭ އެހީ ކަނޑައެޅުމާއި، ކައުންސިލްތަކުގެ ބަޖެޓު ތައްޔާރުކުރުމާއި، ބަޖެޓު ތަންފީޒުކުރުމުގައި އަމަކުރާނެ ގޮތުގެ ގަވައިދު" 3 ވަނަ ބައި

މި ލިއުމުގެ މި ގެނެސްދެނީ، "ކައުންސިލް ތަކަށް ދޭ ހިލޭ އެހީ ކަނޑައެޅުމާއި، ކައުންސިލްތަކުގެ ބަޖެޓު ތައްޔާރުކުރުމާއި، ބަޖެޓު ތަންފީޒުކުރުމުގައި އަމަކުރާނެ ގޮތުގެ ގަވައިދު" އެވެ.

މި ލިއުމުގައި ގެނެސްދޭނީ މި ގަވައިދުގެ މާއްދާތައް ވަކިވަކިންނެވެ.

ދައުލަތުގެ ބަޖެޓުން ކައުންސިލްތަކަށް ދޭ ހިލޭ އެހީގެ ތަފްސީލް 3.

(ހ) ދައުލަތުގެ ބަޖެޓުން ކައުންސިލްތަކަށް ދޭ ހިލޭ އެހީ ބެހިގެންވަނީ، ތިރީގައިވާ ގޮތުގެ މަތީންނެވެ.

(1) ދައުލަތުގެ އެ އަހަރެއްގެ ޖުމްލަ އާމްދަނީގެ ގޮތުގައި އަންދާޒާކުރާ މިންވަރުގެ މަދުވެގެން %5 (ފަހެއް އިންސައްތަ)؛

(2) ކައުންސިލްގެ އިޚްތިޞާޞްގެ ތެރޭގައި ނުހިމެނޭ ބިމާއި، ފަޅާއި، ފަރުގެ ސަރަހައްދުތަކުގެ ކުލީގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީގެ % 40 (ސާޅީސް އިންސައްތަ)؛

(ށ) މި ގަވައިދުގެ ބޭނުމަށް މި މާއްދާގެ (ހ) (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ދައުލަތުގެ ޖުމްލަ އާމްދަނީ ކަމަށް ބަލާނީ، ދައުލަތުގެ ޖުމްލަ އާމްދަނީ ވަކި ކަމަކަށް ކަނޑައަޅާފައިވާ އާމްދަނީއާއި، އެ އަހަރު އާމްދަނީ އިތުރުކުރުމަށް ހުށަހަޅައި އައު ކަމަކުން ލިބޭނެކަމަށް ލަފާކުރާ އާމްދަނީ އާއި، ބިމާއި، ރަށްރަށާއި، ފަޅާއި، ފަރު ފަދަ ތަންތަނުން ކުލީގެ ގޮތުގައި ލިބޭ އާމްދަނީ އުނިކުރުމުން އަންނަ އަދަދަށެވެ.

(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ކައުންސިލްތަކަށް ދޫކުރާ ހިލޭ އެހީއަށް ކިޔާނީ "ބްލޮކް ގްރާންޓް" އެވެ.