logo
banner image

"ކައުންސިލް ތަކަށް ދޭ ހިލޭ އެހީ ކަނޑައެޅުމާއި، ކައުންސިލްތަކުގެ ބަޖެޓު ތައްޔާރުކުރުމާއި، ބަޖެޓު ތަންފީޒުކުރުމުގައި އަމަކުރާނެ ގޮތުގެ ގަވައިދު" 2 ވަނަ ބައި

މި ލިއުމުގެ މި ގެނެސްދެނީ، "ކައުންސިލް ތަކަށް ދޭ ހިލޭ އެހީ ކަނޑައެޅުމާއި، ކައުންސިލްތަކުގެ ބަޖެޓު ތައްޔާރުކުރުމާއި، ބަޖެޓު ތަންފީޒުކުރުމުގައި އަމަކުރާނެ ގޮތުގެ ގަވައިދު" އެވެ.

މި ލިއުމުގައި ގެނެސްދޭނީ މި ގަވައިދުގެ މާއްދާތައް ވަކިވަކިންނެވެ.

މަގުސަދު 2.

މި ގަވައިދުގެ މަގުސަދަކީ، ޤާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) އާއި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގައިވާ އިޖުރާޢަތްތައް ފުރިހަމަވާ ގޮތަށް ދައުލަތުގެ ބަޖެޓުން ފިސްކަލް ފޯމިއުލާ ބޭނުންކޮށްގެން ކައުންސިލްތަކަށް ދޭ ހިލޭ އެހީ ކަނޑައަޅާނެ ގޮތާއި، ކައުންސިލްތަކުގެ ބަޖެޓު ތައްޔާރުކުރާނެ ގޮތާއި، ބަޖެޓުން ޚަރަދުކުރުމުގައި ޢަމަލުކުރާނެގޮތް ބަޔާންކުރުމާއި، ކައުންސިލްތަކުގެ މާލީ ހިސާބުތައް ދައުލަތުގެ މާލިއްޔަތު ގަވާއިިދާ އެއްގޮތަށް ބެލެހެއްޓުމުގައި، ކައުންސިލްތަކުންނާއި، ޤައުމީ އިދާރާތަކުން ޢަމަލުކުރާނެގިތް ކަނޑައެޅުމެވެ.