"ކައުންސިލް ތަކަށް ދޭ ހިލޭ އެހީ ކަނޑައެޅުމާއި، ކައުންސިލްތަކުގެ ބަޖެޓު ތައްޔާރުކުރުމާއި، ބަޖެޓު ތަންފީޒުކުރުމުގައި އަމަކުރާނެ ގޮތުގެ ގަވައިދު" 1 ވަނަ ބައި
މި ލިއުމުގެ މި ގެނެސްދެނީ، "ކައުންސިލް ތަކަށް ދޭ ހިލޭ އެހީ ކަނޑައެޅުމާއި، ކައުންސިލްތަކުގެ ބަޖެޓު ތައްޔާރުކުރުމާއި، ބަޖެޓު ތަންފީޒުކުރުމުގައި އަމަކުރާނެ ގޮތުގެ ގަވައިދު" އެވެ.
މި ލިއުމުގައި ގެނެސްދޭނީ މި ގަވައިދުގެ މާއްދާތައް ވަކިވަކިންނެވެ.
ތަޢާރަފުއާއި ނަން 1.
(ހ) މި ގަވާއިދަކީ ދަޢުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 3.03 ވަނަ މާއްދާއާއި 4.01 ވަނަ މާއްދާއާއި 4.03 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، މިނިސްޓްރީ އޮފް ފިނޭންސުން ކަނޑައަޅާފައިވާ ގޮތުގެ މަތީން ކައުންސިލްތަކުން އަންދާޒާ ބަޖެޓު ތައްޔާރުކުރުމާއި، ރައްިތުންގެ މަޖިލީހުން ފާސްކުރާ ދައުލަތުގެ ބަޖެޓުން ކައުންސިލްތަކަށް އެކަށައަޅާފައިވާ ފައިސާ ކައުންސިލްތަކަށް ދޫކުރުމާއި، ކައުންސިލްތަކަށް ދޭ ހިލޭ އެހީ ކަނޑައެޅުމާއި، ކައުންސިލްތަކުގެ ބަޖެޓު ތައްޔާރުކުރުމާއި، ބަޖެޓު ތަންފީޒުކުރުމުގައި އަމަލުރާނެ މިންގަނޑު ކަނޑައެޅުމަށްޓަކައި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 79 ވަނަ މާއްދާގެ (އ) ގެ ދަށުން ބާރުލިބިގެން އެކުލަވާލާފައިވާ ގަވައިދެކެވެ.
(ށ) މި ގަވާއިދަށް ކިޔާނީ "ކައުންސިލް ތަކަށް ދޭ ހިލޭ އެހީ ކަނޑައެޅުމާއި، ކައުންސިލްތަކުގެ ބަޖެޓު ތައްޔާރުކުރުމާއި، ބަޖެޓު ތަންފީޒުކުރުމުގައި އަމަކުރާނެ ގޮތުގެ ގަވައިދު" އެވެ.
