އަމީނިއްޔާ ސްކޫލުގެ ދަރިވަރުންނަށް ފަޔަރ އެވެއަރނެސް ސެޝަނެއް ކުރިއަށްގެންގޮސްފި
އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން އަމީނިއްޔާ ސްކޫލުގެ ދަރިވަރުންނަށް، ފަޔަރ އެވެއަރނެސް ސެޝަނެއް ކުރިއަށްގެންގޮސްފިއެވެ.
މިއަދު އަމީނިއްޔާ ސްކޫލުގައި ކުރިއަށްދިޔަ މި ސެޝަންގައި، އެ ސްކޫލުގެ 139 ދަރިވަރުން ބައިވެރިވިއެވެ. މި ސެޝަންގައި ކިޔަވައިދީފައިވާ ބައިތަކުގެ ތެރޭގައި އަލިފާން ރޯވާން މެދުވެރިވާ ސަބަބުތަކާއި، އަލިފާން ފެތުރޭ ގޮތްތަކާއި، އަލިފާން ނިއްވާނެ ގޮތުގެ އަސާސީ މަޢުލޫމާތާއި، އަލިފާންނިވިއާއި ފަޔަރ ބްލޭންކެޓް ބޭނުން ކުރާނެގޮތުގެ މުހިންމު މަޢުލޫމާތުތައް ހިމެނެއެވެ.
މި ސެޝަންގައި ދަރިވަރުންނަށް މަޢުލޫމާތު ފޯރުކޮށްދީފައިވަނީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރފައިޓަރުންނެވެ.
