logo
banner image

ޒެނިތު އޭވިއޭޝަން އެކެޑަމީގެ ދަރިވަރުންނަށް ސަރވައިވަލް އަދި ސީޕީއާރު ސެޝަނެއް ކުރިއަށްގެންގޮސްފި

ޒެނިތު އޭވިއޭޝަން އެކެޑަމީގެ ދަރިވަރުންނަށް "ވޯޓަރ އެންޑް ލޭންޑް ސަރވައިވަލް" އަދި "ސީޕީއާރު" ސެޝަނެއް ކުރިއަށްގެންގޮސްފިއެވެ.

އައްޑޫ ސިޓީ ހިތަދޫ، ހަންކެޑެ ބީޗު ސަރަހައްދުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން މޭ 16ވަނަ ދުވަހު ކުރިއަށްގެންދިޔަ މި ސެޝަނުގައި ޒެނިތު އޭވިއޭޝަން އެކެޑަމީގެ ޕައިލެޓް ޓްރެއިނީސްއާއި އިންސްޓްރަކްޓަރުން ހިމެނޭހެން 33 ފަރާތަކުން ބައިވެރިވިއެވެ.

މި ސެޝަނުގައި ކިޔަވައިދިން ބައިތަކުގެ ތެރޭގައި، ހާދިސާއެއް ކުރިމަތިވެއްޖެނަމަ ކަނޑުމަތީގައި ސަރވައިވް ވާނޭ ގޮތާއި، ފަޅު ރަށެއްގައި ސަރވައިވް ވާނޭ ގޮތާއި، ލައިފް ޖެކެޓު ބޭނުންކުރާނޭ ގޮތާއި، ގެނބެމުންދާ މީހާކު ސަލާމަތްކޮށް ސީޕީއާރު ދޭނެ ގޮތާއި ހުނަރު ދަސްކޮށްދިނުން ހިމެނެއެވެ.