ޕެރެގުއޭ ގެ ޚާރިޖީ ވަޒީރަށް އެ ޤައުމުގެ މިނިވަން ދުވަހުގެ ތަހުނިޔާ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ފޮނުއްވައިފި
ޕެރެގުއޭ ގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރު، ރޫބެން ޑާރިއޯ ރަމިރޭޒް ލެޒްކާނޯ އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، އިރުތިޝާމް އާދަމް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ވަޒީރުގެ މެސެޖު ތިރީގައި މިވަނީއެވެ.
"ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި މަނިކުފާނަށާއި ޕެރެގުއޭ ގެ ސަރުކާރަށާއި ރައްޔިތުންނަށް، ޕެރެގުއޭ ގެ މިނިވަން ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރަމެވެ.
އަޅުގަނޑުގެ އުންމީދަކީ ދިވެހިރާއްޖެ އާއި ޕެރެގުއޭ އާ ދެމެދު އޮތް ގުޅުން ކުރިއަށް އޮތް އަހަރު ތަކުގައި އިތުރަށް ބަދަހިކުރުމަށް މަނިކުފާނާއެކު ގާތުން މަސައްކަތްކުރުމެވެ.
އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުސަތުގެ ބޭނުންކުރީމެވެ."
