ޕޮލިސް އިނީޝިއަލް ޓްރެއިނިންގ ކޯހުގެ ދަރިވަރުންނަށް، ފަޔަރ ސޭފްޓީ ކުލާހެއް ކުރިއަށް ގެންގޮސްފި
42ވަނަ ޕޮލިސް އިނީޝިއަލް ޓްރެއިނިންގ ކޯހުގެ ދަރިވަރުންނަށް، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ފަޔަރ ޑިޕާޓްމަންޓުން، ފަޔަރ ސޭފްޓީ ކުލާހެއް ކުރިއަށް ގެންގޮސްފިއެވެ.
މިއަދު ކުރިއަށްގެންދިޔަ މި ސެޝަންގައި، އަލިފާން ރޯވާން މެދުވެރިވާ ސަބަބުތަކާއި، އަލިފާން ފެތުރޭ ގޮތްތަކާއި، އަލިފާން ނިއްވާނެ ގޮތުގެ އަސާސީ މަޢުލޫމާތާއި، އަލިފާންނިވިއާއި ފަޔަރ ބްލޭންކެޓް ބޭނުންކުރާނެ ގޮތުގެ މުހިންމު މަޢުލޫމާތުތައް ކިޔައިދީފައިވެއެވެ. އަދި އަލިފާނުގެ ހާދިސާއެއް ހިނގައިފި ނަމަ ޢަމަލުކުރަންވީ ގޮތުގެ މަޢުލޫމާތާއި ފަޔަރ ބްލޭންކެޓާއި އަލިފާންނިވި ބޭނުންކޮށްގެން އަލިފާން ނިއްވާނެ ގޮތް ދައްކައިދީ، އަލިފާން ނިއްވުމުގެ ހުނަރުތައް ވަނީ ދަސްކޮށްދީފައެވެ.
ޕޮލިސް އިނީޝިއަލް ޓްރެއިނިންގ ކޯހުގެ 35 ދަރިވަރުން ބައިވެރިވި މި ސެޝަންގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ފަޔަރ ޑިޕާޓްމަންޓުގެ ފަޔަރފައިޓަރުންނެވެ.
