logo
banner image

ޕަބްލިކް ކޮމްޕްލެއިންޓްސް ޔުނިޓަށް ހުށަހެޅުނު މައްސަލަތަކުގެ ރިޕޯރޓު

2025 ވަނަ އަހަރު ޖުލައި އިން ޑިސެންބަރު މަހުގެ ނިޔަލަށް

ޕަބްލިކް ކޮމްޕްލެއިންޓްސް ޔުނިޓަށް ހުށަހެޅުނު މައްސަލަތަކުގެ ރިޕޯރޓު

ތަޢާރަފު

ރާއްޖޭގައި ދެވޭ ޞިއްޙީ ޚިދުމަތަކީ ފެންވަރު ރަނގަޅު ޚިދުމަތެއް ކަމުގައި ހެދުމަށްޓަކާ، ޞިއްޙީ އެކިއެކި ޚިދުމަތްތަކާއި އަދި ޞިއްޙީ ފަރުވާ ދިނުމުގައި ދިމާވާ ދަތިތައް ދެނެގަނެ ރާއްޖޭގައި ދެވޭ ޞިއްޙީ ޚިދުމަތާއި ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތައް ބަލާ، މައްސަލަތައް ޙައްލުކޮށް އަދި ޚިދުމަތް ދިނުމުގެ ނިޒާމު ހަރުދަނާ ކުރުމަށްޓަކާ ކުރެވެން ހުރި ކަންތައްތައް ބަލާ އެ މަސައްކަތް ކުރުމަކީ ސަރުކާރުން ވަރަށް އިސްކަމެއް ދީގެން ކުރަމުން ގެންދާ މަސައްކަތެކެވެ.

އަދި ޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 29/2015) ގެ 45 ވަނަ މާއްދާގައިވާ ގޮތުގެމަތިން ޞިއްޙީ ޚިދުމަތްދޭ ތަނަކުން ދޭ ޚިދުމަތްތަކާއި ގުޅިގެން ހުށަހެޅޭ ޝަކުވާ ބަލައިގަތުމުގެ ނިޒާމެއް ކަނޑައެޅިފައި އޮތުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެކެވެ. މިފަދަ ނިޒާމެއް އެކުލަވާލުމަކީ މި މިނިސްޓްރީގެ ޕަބްލިކް ކޮމްޕްލެއިންސް ޔުނިޓުގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ މަސައްކަތެކެވެ. މިގޮތުން، 17 ސެޕްޓެންބަރު 2024 ވަނަދުވަހު ޢާންމުކުރެވުނު "މާހަރާ" ޕޯޓަލްގައި ހުރި މައްސަލަތައް ދެނެގަނެ އެ މައްސަލަތައް ޙައްލުކުރުމުގެ މަސައްކަތް ކުރެވުނެވެ. އަދި ކޮންމެ އަތޮޅުތަކުން ކޮމްޕްލެއިން ފޯކަލް ޕޮއިންޓުން ނެގިފައިވެއެވެ. މީގެއިތުރުން، ކުރިއެކޭވެސް އެއްގޮތަށް ޢާއްމު ފަރާތްތަކުން ޞިއްޙީ ޚިދުމަތާއި ގުޅިގެން ކުރާ ޝަކުވާ އަދި ޚިޔާލު ބަލައިގަނެ އެ ޝަކުވާތައް ކަމާބެހޭ ފަރާތްތަކާއި ގުޅިގެން ރިވިއުކޮށް ޝަކުވާ ހުށަހަޅާ ފަރާތްތަކަށް ޕަބްލިކް ކޮމްޕްލެއިންސް ޔުނިޓުގެ ފަރާތުން ދަނީ ޖަވާބުދާރީ ވަމުންނެވެ.

މިރިޕޯޓަކީ މިޔުނިޓަށް 2025 ވަނަ އަހަރުގެ ޖުލައި އިން ޑިސެންބަރު މަހުގެ ނިޔަލަށް ހުށަހެޅުނު މައްސަލަތަކުގެ ތަފާސްހިސާބުތަކާ ގުޅޭގޮތުން މިނިސްޓަރ އޮފް ހެލްތަށް ހުށަހެޅުމަށް ތައްޔާރު ކުރެވިފައިވާ ރިޕޯރޓެކެވެ.

ޕަބްލިކް ކޮމްޕްލެއިންޓްސް ޔުނިޓަށް ހުށަހެޅޭ މައްސަލަތައް ކެޓަގަރައިޒްކޮށް 31 ދާއިރާއަކަށް ބަހާލެވިފައިވެއެވެ. އެއީ:

1. ދެވޭ ޞިއްހީ ޚިދުމަތްތަކާއިމެދު ހިތްހަމަނުޖެހުން

2. ބަލިމީހުންނަށް ދެވޭ ފަރުވާއާއި ގުޅިގެން - އިހުމާލުކަމަށް ހުށަހެޅޭ މައްސަލަތައް

3. ފްރޯޑު

4. މެޑިކޭޝަން އެރާރ (ބަލިމީހުންނަށް ދެވޭ ބޭހާގުޅިގެން)

5. ޤާނޫނުތަކާއި ގަވާއިދުތަކާއި ޚިލާފަށް މަސައްކަތް ކުރުން

6. ޞިއްޙީ ޚިދުމަތްތެރިންނާއި ގުޅިގެން

7. ފޯރުކޮށްދެވޭ ޚިދުމަތްތަކާއި ގުޅިގެން

8. ބޭނުންވާ މަޢުލޫމާތު ނުލިބުން

9. އިދާރީ މައްސަލަ

10. ކްލީންލިނަސް އެންޑް ވޭސްޓް މެނޭޖްމެންޓް (ތަނުގެ ސާފުތާހިރު ކަމާ ކުނި ނައްތާލުން)

11. ޖިންސީ ފުރައްސާރައާއި ގުޅިގެން

12. ޖިސްމާނީ އަދި ނަފްސާނީ އަނިޔާ

13. އެހެނިހެން

ޕަބްލިކް ކޮމްޕްލެއިންޓްސް ޔުނިޓަށް ހުށަހެޅޭ ޢާއްމު މައްސަލަތައް

1) ޕަބްލިކް ކޮމްޕްލެއިންޓްސް ޔުނިޓަށް 2025 ވަނަ އަހަރުގެ ޖުލައި އިން ޑިސެންބަރުގެ ތެރޭގައި ހުށަހެޅިފައިވަނީ ޖުމްލަ 135 ޝަކުވާއެވެ. އެގޮތުން ޝަކުވާތައް ހުށަހަޅާފައިވާ ދާއިރާތަކާއި އަދަދުތައް ތިރީގައި ދެންނެވިފައި އެވަނީއެވެ. މި މުއްދަތުގައި އެންމެ ގިނައިން ޝަކުވާ ހުށަހެޅިފައިވަނީ "ފޯރުކޮށްދެވޭ ޚިދުމަތްތަކާއި ގުޅިގެން" އާއި "ޞިއްޙީ ޚިދުމަތްތެރިންނާއި ގުޅިގެން" އަދި "އިދާރީ މައްސަލަތައް" އާއި ގުޅިގެން ހުށަހަޅާފައިވާ ޝަކުވާތަކެވެ.

ދާއިރާތައް އަދަދުތައް

1 ދެވޭ ޞިއްހީ ޚިދުމަތްތަކާއިމެދު ހިތްހަމަނުޖެހުން 07

2 ބަލިމީހުންނަށް ދެވޭ ފަރުވާއާއި ގުޅިގެން - އިހުމާލުކަމަށް ހުށަހެޅޭ މައްސަލަތައް 02

3 ފްރޯޑް 02

4 މެޑިކޭޝަން އެރާރ 04

5 ޤާނޫނުތަކާއި ގަވާއިދުތަކާއި ޚިލާފަށް މަސައްކަތް ކުރުން 11

6 ޞިއްޙީ ޚިދުމަތް ތެރިންނާއި ގުޅިގެން 22

7 ފޯރުކޮށްދެވޭ ޚިދުމަތްތަކާއި ގުޅިގެން 53

8 ބޭނުންވާ މަޢުލޫމާތު ނުލިބުން 09

9 އިދާރީ މައްސަލަ 13

10 ޖިންސީފުރައްސާރަ އާއި ގުޅިގެން 01

11 ޖިސްމާނީ އަދި ނަފްސާނީ އަނިޔާ 02

12 އެހެނިހެން 09

ޖުމްލަ 135

ޝަކުވާ ހުށަހަޅާފައިވާ ދާއިރާތައް

2) ޕަބްލިކް ކޮމްޕްލެއިންޓްސް ޔުނިޓަށް އަމިއްލަ ފަރާތްތަކުން 2025 ވަނަ އަހަރުގެ ޖުލައި އިން ޑިސެންބަރމަހުގެ ތެރޭގައި އެންމެ ގިނައިން ޝަކުވާ ހުށަހަޅާފައިވަނީ "މާހަރާ" ޕޯޓަލް އާއި އީމެއިލް މެދުވެރިކޮށެވެ. އަދި ފޯނު، ސިޓީ، މެމޯ، މެސެޖް، ސޯޝަލް މީޑިއާ ގެ އިތުރުން އޮފީހަށް ޙާޒިރުވެ މައްސަލަ ހުށަހަޅާފައިވެއެވެ. މީގެއިތުރުން، ޕަބްލިކް ކޮމްޕްލެއިން ޔުނިޓުން އަމިއްލައަށް އިސްނަގައިގެން ވެސް ޝަކުވާތައް ރިވިއުކުރެވިފައިވެއެވެ. އަދި މިނިސްޓްރީ އޮފް ހެލްތުގެ ޑިޕާޓްމަންޓް/ޑިވިޜަންތަކުން ހުށަހަޅާފައިވާ ޝަކުވާތަކާ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޝަކުވާތައް އަދި ޑިވިޜަންގެ މުވައްޒަފުންނަށް މެސެޖުން ހުށަހަޅާފައިވާ ޝަކުވާތައްވެސް ހިމެނެއެވެ.

3)

ޝަކުވާ ހުށަހަޅާފައިވާ ގޮތްތައް

4) ޕަބްލިކް ކޮމްޕްލެއިންޓްސް ޔުނިޓަށް 2025 ވަނަ އަހަރުގެ ޖުލައި އިން ޑިސެންބަރުމަހުގެ ނިޔަލަށް ހުށަހެޅުނު 135 ޝަކުވާތަކުގެ ތެރެއިން:-

- 101 ޝަކުވާ ރިވިއުކޮށް ޝަކުވާ ހުށަހަޅާފައިވާ ފަރާތްތަކަށް ޖަވާބު ދެވިފައިވެއެވެ.

- 24 ޝަކުވާ ރިވިއުކުރުމުގެ މަސައްކަތް ކުރަމުންގެންދެވެއެވެ.

- 9 ޝަކުވާ ވަނީ މި ޑިވިޜަންގެ ކޭސް ރިވިއު ޔުނިޓުން ރިވިއު ކުރުމަށް ފޮނުވިފައެވެ.

- 1 ޝަކުވާ ވަނީ މިނިސްޓްރީގެ އެޗް.އާރް. ޑިވިޜަނަށް ފޮނުވާފައެވެ.

ޝަކުވާ ބެލިފައިވާ މިންވަރު

2025 ވަނަ އަހަރުގެ ޖުލައި އިން ޑިސެންބަރުގެ ނިޔަލަށް ހުށަހެޅުނު ޝަކުވާތަކާ ގުޅިގެން ނިންމާފައިވާ މުހިއްމު ނިންމުންތަކާއި އިސްލާޙު ކުރުމަށް ހުށަހެޅުނު ކަންކަން އިޞްލާޙު ކުރެވިފައިވާ މިންވަރު

މުހިންމު ނިންމުންތައް

o ސޯޝަލް މީޑީއާގައި ހިޖާމާ ކްލިނިކްތަކުން ހިޖާމާ ޖަހާދިނުމަށް ކޮށްފައިވާއިޝްތިހާރުތަކާއި ގުޅޭގޮތުން ހުށަހަޅާފައިވާ ޝަކުވާތަކާއި ގުޅިގެން، އެކަން ބެލިފައިވެއެވެ. ހުށަހަޅާފައިވާ ޝަކުވާތަކުގެ ތެރޭގައި ބަރުދަން ލުއިކުރުން، ކުޑަކުދިންނަށް ހިޖާމާ ޖެހުން، ނަފްސާނީ ބަލިޙާލަތު ރަގަޅުކޮށްދިނުން، މައިގްރޭން، ލޮލުގެ ފެނުން ރަގަޅުކޮށްދިނުން، އަދި އެހެނިހެން ގިނަ ބަލިތަކެއް ރަގަޅުވުމާކަމަށް އިޝްތިހާރުކޮށްފައިވާކަމަށް ޝަކުވާ ހުށަހަޅާފައިވެއެވެ. އަދި ޞިއްޙީ ޚިދުމަތާ ގުޅިގެން އިޝްތިހާރު ކުރައްވާނަމަ ގަވާއިދު ނަންބަރު: 2021/R-28 (ޞިއްޙީ ޚިދުމަތް ދޭ ތަންތަން ހިންގުމާއި ބެހޭ ޤަވާއިދު) ގެ 80 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މިފަދަ އިޝްތިހާރު ކުރުމުގައި މިމިނިސްޓްރީއަށް ހުށަހަޅުއްވައިގެން އޮންނަ އުސޫލުން ހުއްދަ ނެންގެވުމަށްފަހު އިޝްތިހާރު ކުރެއްވުމަށް ކްލިނިކަށް އަންގާ ޖޫރިމަނާ ކުރެވިފައިވެއެވެ. އަދި އުމުރުން 12 އަހަރު ނުފުރޭ ކުޑަކުދިންނަށް ހިޖާމާ ޖެހުމަކީ މި މިނިސްޓްރީގެ ގައިޑްލައިންއާއި ޚިލާފު ކަމަކަށްވާތީ މިކަން ބަލާނިމެންދެން ކްލިނިކްގެ ލައިސަންސް ސަސްޕެންޑް ކުރެވިފައިވެއެވެ. މީގެއިތުރުން ކްލިނިކް ހިންގުމުގެ ހުއްދަނުނަގާ ބައެއް ކުލިނިކުން ހިޖާމާ ޖަހާކަމުގެ ޝަކުވާއެއް ލިބިފައިވާތީ މިކަން ބެލުމުން އެނގިފައިވަނީ އެކުލިނިކް ރަޖިސްޓަރީ ކުރިއިރު އެ ކުލިނިކްގައި މަސައްކަތް ކުރުމަށް ހުއްދަ ދިން ޑޮކްޓަރު އެ ކުލިނިކްގައި މަސައްކަތް ކުރުން ހުއްޓާލާފައިވާކަމެވެ. ވުމާއެކު، އެތާރީޚުން ފެށިގެން ވަގުތީ ގޮތުން ކުލިނިކްގެ އޮޕަރޭޓިންގ ލައިސަންސް ބާތިލްކުރެވުނެވެ.

o އަތޮޅު ހޮސްޕިޓަލުތަކާއި ހެލްތު ސެންޓަރުތަކުގެ ތެރެއިން ބައެއް ތަންތަނުގައި މަސައްކަތްކުރާ ހެލްތު ޕްރޮފެޝަނަލުންގެ ޗުއްޓީއާއި އަދި އެހެނިހެން އެޑްމިމިނިސްޓްރޭޓިވް މައްސަލަތަކާގުޅޭގޮތުން ހުށަހަޅާފައިވާ ޝަކުވާތަކާއި ގުޅިގެން އެތަންތަނަށް ފޮނުވުނެވެ.

o ހޮސްޕިޓަލެއްގައި މަސައްކަތް ކުރައްވާ ޑޮކްޓަރެއް އެންޓިބައޯޓިކްސް މިސްޔޫސް ކުރާކަމަށް ފާހަގަކުރެވުމާއި ގުޅިގެން އެ ހޮސްޕިޓަލުން ހޯދާފައިވާ އިތުރު ޑޮކިއުމަންޓްސް ތަކާއި އެކު ރިވިއު ކުރުމަށް މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލަށް ފޮނުވުނެވެ.

o އަތޮޅުތެރެއިން ބަލިމީހުން ރިފަރކުރުމުގައި ހިނގާފައިވާ ކަންތައްތަކާ ގުޅިގެން ހުށަހަޅާފައިވާ ޝަކުވާތައް ބަލާ ބަލިމީހުން ރިފަރކުރުމުގައި އޮންނަ އުސޫލާއެއްގޮތަށް އަމަލުކުރުމަށް ކޭސްތައް ރައްދުވާ ހެލްތު ސެންޓަރުތަކަށް އެންގުނެވެ.

o ޑޮކްޓަރަށް ދެއްކުމަށް އެޕޮއިންޓްމެންޓް ނުލިބިގެންނާ ކިއުގައި ގިނަވަގުތު މަޑުކުރަން ޖެހުމާއި ލިބޭ ޚިދުމަތްތައް ލަސްވުމުގެ ސަބަބުން ހުށަހަޅާފައިވާ ޝަކުވާތައް ބަލާ އެކަން ރައްދުވާ ހޮސްޕިޓަލް/ހެލްތު ސެންޓަރުތަކަށް ރިކޮމެންޑެޝަން ފޮނުވިފައިވެއެވެ.

o ރިސޯޓް ކްލިނިކަކުން ޚިދުމަތް ހޯދިފަރާތަކުން ބަލިމީހާއަށް ނޭވަލާން އުދަގޫވެ، ވަރުބަލިވެ، މޭގަރިއްސާތީ އާއި އަދިވެސް އިތުރު އުނދަގޫތައް ހުރިކަން ކްލިނިކްގައި ހުރި ޑޮކްޓަރ ކައިރީ ބުނުމުން އެ ކްލިނިކުން ފޯރުކޮށްދިން ޚިދުމަތް ލަސްވުމާއި، އީސީޖީ ފަދަ ޓެސްޓްތައް ހެދުން ލަސްވުމާއި ގުޅިގެން ޝަކުވާހުށަހަޅާފައިވެއެވެ. އަދި ކްލިނިކުން ނެގި އީސީޖީގައި މައްސަލަ ހުރިއިރުވެސް ފަރުވާ ދިނުމާއި ރިފަރ ކުރުން ލަސްވެފައިވާތީ، އިމަޖެންސީ އިވެކިއުއޭޝަން ޕްލޭންއެއް އެކުލަވާލުމަށާއި އިމަޖެންސީކޮށް ގުޅަންޖެހޭ ފޯނު ނަންބަރުތައް އޭގައި ހިމެނުމަށް އަދި އެއަރ/ސީ އެމްބިއުމެންސްއަށް ކޯޑިނޭޓް ކުރާއިރު މި ޕްލޭންއާއި އެއްގޮތަށް މަސައްކަތް ކުރުމަށް އެންގުނެވެ. މީގެއިތުރުން، ކްލިނިކްގައި މެޑިކަލް އިކުވިޕްމެންޓާއި ބޭސް ހަމައަށް ހުރިތޯ ކަށަވަރުކުރުމަށާއި މެޑިކަލް އިމަޖެންސީގައި އަމަލުކުރާނެގޮތުގެ އެސް.އޯ.ޕީ.އެއް އެކުލަވާލާ ގަވާއިދުން މޮނިޓަރ ކުރުމަށް އެންގުނެވެ. އަދި ޕްލޭންއަށާއި އެސް.އޯ.ޕީ.އަށް ކަމާގުޅޭ މުވައްޒަފުން އަހުލުވެރިކުރުވުމަށް އެންގުނެވެ.

o ހޮސްޕިޓަލުގައި މަސައްކަތްކުރާ ނަރުހުންނާއި ގުޅިގެން ހުށަހަޅާފައިވާ ޝަކުވާތައް ރިވިއުކޮށް ކަމާގުޅޭ ހެލްތުފެސިލިޓީތަކަށް ރަގަޅުކުރަން ހުރި ކަންކަން އެންގުނެވެ.

o ބަލިމީހާގެ ކޮންފިޑެންޝިއަލިޓީއާއި ގުޅިގެން ހުށަހެޅިފައިވާ ޝަކުވާތައް ރިވިއުކުރެވިފައިވެއެވެ. އަދި އެޅުނު ފިޔަވަޅުތަކުގެ ތެރޭގައި ބަލިމީހާ ބަލަމުންދާއިރު ސްކްރީން އަދި ދޮރުހުޅުވަން ޖެހިއްޖެ ހާލަތެއްގައި ބަލިމީހާ ކައިރީ ބުނުމަށާއި ފޮޓޯއެއް ނަގާނަމަވެސް ހުއްދަ ހޯދައިގެން ފޮޓޯ ނެގުމަށް އެންގުނެވެ. އަދި ބަލިމީހާގެ ރެކޯޑެއް ހާމަކުރާނަމަ އޮންނަ އުޞޫލުގެ ތެރެއިން ހާމަކުރުމަށް އެންގުނެވެ.

o ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި މަސައްކަތްކުރި މުވައްޒަފެއް އެތަނުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖަކަށް ޖިސްމާނީ އަނިޔާކޮށްފައިވާތީ ހުށަހަޅާފައިވާ ޝަކުވާއާއި ގުޅިގެން ނެޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓާއި ގުޅިގެން އެ މަރުކަޒުގެ އިންސްޕެކްޝަންއެއް ހެދިފައިވެއެވެ.

o އަދި ހޮސްޕިޓަލެއްގެ ލެޓަރ ހެޑްގައި ފޭކް މެޑިކަލް ޑޮކިއުމެންޓެއް ހަދާފައިވާ ކަމަށްބުނެ އަންގާފައިވާތީ އެކަން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އެންގުނެވެ.

o އާސަންދައާއި އެންސްޕާއިން އެހީހޯދުމަށްއެދި އެކިފަރާތްތަކުން ހުށަހަޅާފައިވާ މައްސަލަތަކަށް އާސަންދައާއި އެންސްޕާއާއި މުއާމަލާތުކޮށް މައްސަލަ ހުށަހެޅިފަރާތްތަކަށް ޖަވާބުދެވިފައިވެއެވެ.

o ޞިއްޙީމަރުކަޒެއްގައި މަސައްކަތްކުރައްވާ ޑޮކްޓަރެއް ތެލަސީމިއާ ބަލިމީހަކަށް ދީފައިވާ ބޭސްތަކަކާއި ގުޅިގެން ޞިއްޙީމަރުކަޒަށް ހުށަހަޅާފައިވާ މއްސަލައަކާއި ގުޅިގެން އެކަން ރިވިއުކުރެވުނެވެ. އަދި ރާއްޖެއަކީ ތެލަސީމިއާ ބަލިމީހުން ގިނަ ގައުމަކަށްވާތީ ދެންނެވުނު ޑޮކްޓަރަށް މޯލްޑިވްސް ބްލަޑް ސަރވިސްއާއި ގުޅިގެން އިތުރު ޓްރެއިނިންގ/އޮރިއެންޓެޝަން ދިނުމަށް އެންގިފައިވެއެވެ.

o ޞއްޙަނޫން މެޑިކަލް ސަޓިފިކެޓެއް ކްލިނިކަކުން ދީފައިވާތީ އެކަންބެލިފައިވެއެވެ. އަދި މެޑިކަލް ސެޓްފިކްޓް ދީފައިވާ ކްލިނިކްގެ އިސްފަރާތަކާއި ސަޓިފިކެޓް ދިން ޑޮކްޓަރ އާއި ބައްދަލުކޮށް ވާހަކަދެކެވިފައިވެއެވެ. އަދި މި މައްސަލަ ކަމާބެހޭ ފަރާތަށް ފޮނުވާފައިވެއެވެ.

- ހޮސްޕިޓަލުން އޮޕަރޭޝަން ކޮށްފައިވާ ފަރާތެއްގެ އޮޕަރޭޝަން ކޮށްފައިވަނީ އޮޕަރޭޝަނާއި ބެހޭ މަޢުލޫމާތު ރަގަޅަށް އޮޅުންފިލުވައި ދިނުމަކާނުލާ ކަމަށާއި އަދި އޮޕަރޭޝަނަށްފަހު ރަގަޅަށް ފަސޭހަނުވަނީސް ޑިސްޗާޖްކޮށް ގެއަށް ފޮނުވާލީ ކަމާގުޅޭ މަޢުލޫމާތު ރަގަޅަށް އޮޅުންފިލުވައިނުދީކަމަށް ބުނެ ހުށަހަޅާފައިވާޝަކުވާ އާއި ގުޅޭގޮތުން ހޮސްޕިޓަލުން ރަގަޅުކުރަން އެންގުނު ކަންތައްތަކުގެ ތެރޭގައި:-

- ބަލިމީހާއާއި އެހީތެރިޔާއަށް ބަލިމީހާގެ ބައްޔާއިގުޅޭ މަޢުލޫމާތު އޮޅުންފިލުވައިދިނުމަށްފަހު ޑޮކިއުމެންޓްކޮށް ސޮއިކުރުވުން

- ޝަކުވާ ހުށަހަޅާނެ ނިޒާމެއް ޤާއިމްކޮށް ހުށަހެޅޭ ޝަކުވާތަކުގެ ރެކޯޑްސް ބެލެއްޓުން

- ބަލިމީހަކަށް ކޮމްޕެންޒޭޝަންއެއް ދޭންޖެހޭފަދަ ހާލަތެއް އަތުވެއްޖެނަމަ ކޮމްޕެންޒޭޝަން ދޭނެގޮތުގެ އުޞޫލެއް އެކުލަވާލުން

- ހޮސްޕިޓަލާއި ބަލިމީހުންގެ ކޯޑިނޭޝަން ހަރުދަނާކުރުން