logo
banner image

އައްޑޫ ބިޒްނަސް ޑައިލޮގްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

އައްޑޫ ސިޓީގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ކުރިމަގު ބައްޓަންކުރުމުގައި އެފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމަށް ބާއްވާ "އައްޑޫ ބިޒްނަސް ޑައިލޮގް" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މިކަމާ ގުޅޭގޮތުން އިޤުތިޞާދީ ތަރައްޤީއާއި، ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ކުރިމަގު ބައްޓަންކުރުމުގައި އެފަރާތްތަކުގެ ބައިވެރިވުން އިތުރު ކުރުމުގެގޮތުން އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ “އައްޑޫ ބިޒްނަސް ޑައިލޮގް”ގައި ބައިވެރިވުމަށް އައްޑޫ ސިޓީގެ އެންމެހާ ވިޔަފާރިވެރިންނަށް ދައުވަތު އަރުވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިޤުތިޞާދީ ދާއިރާ ހަރުދަނާކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ ދަށުން ކުރިއަށްގެންދާ މި ހަރަކާތަކީ ވިޔަފާރިވެރިންގެ އަޑު ސަރުކާރަށް އިއްވުމަށް ލިބޭ ރަނގަޅު ފުރުޞަތެކެވެ.

މި ބައްދަލުވުމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ތިރީގައިވާ ލިންކު މެދުވެރިކޮށް ފޯމު ހުށަހެޅުއްވުމަށް އެދެމެވެ.

ބައިވެރިވުމަށް ފޯމު ފުރާނެ ލިންކު: https://forms.office.com/r/9FDg3szUhF